ads
މަހްލޫފް އަދި ނުޒޫ
މަހްލޫފަށް ދައުވާކުރުމާއިއެކު ނަޒޫ ޕީޖީ ޝަމީމަށް "ސައިކޯ" އަށް ގޮވައިފި
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ރިޝްވަތު ހިފުމުގެ ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވުމާއިއެކު މަހްލޫފުގެ އަންހެނުން ނަޒްރާ ނަސީމް ޕްރޮސިކުއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް “ސައިކޯ”އަށް ގޮވައިފި އެވެ.
Advertisement

މަހްލޫފްގެ އަނބިކަބަލުން އަދި ނައިބު ރައީސްގެ ކޮއްކޯފުޅު ނަޒްރާ ޕީޖީ ޝަމީމަށް “ސައިކޯ”އަށް ގޮވާފައިވަނީ ދާދި ދެންމެއަކު އޭނާ ކުރި ޓްވީޓެއްގަައެވެ.

އެ ޓްވީޓުގައި ނަޒޫ ވަނީ މަރުހަބާ ކިޔާ ސައިކޯގެ ލަގަބާއިއެކު ޕީޖީއަށް ޓެގްވެސް ކޮށްފައެވެ.

your imageނަޒޫ ކޮށްފައިވާ ޓްވީޓް——

ބޭބޭފުޅު ނައިބް ރައީސް ފައިސަލް ނަސީމްގެ “ޗީޕް އެކްޒެކްޓިވް”ގެ މަގާމު ރައީސް އޮފީހުގައި ފުރުއްވަމުން ގެންދަވާ ނަޒޫ ޕީޖީ ޝަމީމަށް ސައިކޯއަށް ގޮވާފައިމިވަނީ މިނިސްޓަރު މަހްލޫފަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް މިއަހަރުގެ ޖޫން ނުވަވަނަ ދުވަހު ފޮނުވި އެސްއޯއެފް އިން މިނިސްޓަރު މަހްލޫފް އަށް ފައިސާދީފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލާގެ ދައުވާ އުފުލާ ކްރިމިނަލް ކޯޓަށް ދައުވާ ކުރަން މިއަދު ފޮނުވާފައި ވަނިކޮށެވެ.

ޕީޖީ އޮފީހުން ބުނީ މިނިސްޓަރު މަހްލޫފް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 27 އޮގަސްޓު 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އަބްދުލްޣަފޫރު، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން  މަހްލޫފަށް ދިން 33000 (ތެއްތިރީސްހާސް އެމެރިކާ ޑޮލަރު) މަހްލޫފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާ ކަމަށެވެ.

މިނިސްޓަރު މަހްލޫފް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ހިފިކަން އޭސީސީގެ ތަހުގީގަށް ސާބިތުވެ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވުމާއިއެކު އެކަމުގައި ޕީޖީ އޮފީހުން ވަކި ގޮތެއް އަންގަންދެން މިނިސްޓަރު މަހްލޫފް ވަޒީފާގެ މައްސޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަން މިނިސްޓަރަށް އެންގީ މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ. 

އެ މައްސަލަ ދިގުލައިގެން ގޮސް، ގޮތެއް ނިންމުން ލަސްވެގެން ދާތީ، މަހްލޫފު ވަނީ މައްސަލަ އަވަހަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންގެންފައެވެ. ނަމަވެސް ޕީޖީން ބުނި ގޮތުގައި މަހުލޫފަށް ދައުވާ ކުރާނީ ޕީޖީން މައްސަލަ ރަނގަަޅަށް ދިރާސާ ކުރުމަށްފަހުއެވެ.

ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިތާ ފަސް ވެގެންދިޔައިރު އެކަމުގައި ގޮތެއް ނުނިންމި ލަަަސްވަމުންދިއުމުން ކަމަށް ބުނެ، މަގާމުގެ މަސްއޫލިއްޔަތުތަކުން މަހްލޫފް ދުރުކޮށްފައި ހުރުމަށްފަހު މިދިޔަ އޮކްޓޫބަރު މަހުގެ ނުވަވަނަ ދުވަހު އެ ސަސްޕެންޝަން ވަނީ އުވާލާފައެވެ.

މަހްލޫފުގެ މައްޗަށް ޕީޖީން ދައުވާ އުފުލާފައި މިވަނީ އެމައްސަލާގައި ގޮތެއް ނުނިންމި ގިނަ ދުވަސްތަކެެއްވެފައިވާތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

46%
ކަމުގޮސްފި
27%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް