އޭނާ އެޕާޓީއާއި ގުޅުނީ މިއަދު އެވެ. ނިމްޝާ އެ ޕާޓީއާއި ގުޅިފައިވާއިރު، ޓިކްޓޮކްތަރި ޝިފާވެސް ވަނީ މިފަހަކުން އެ ޕާޓީއާއި ގުޅިފައެވެ. ނަމަވެސް އޭނާ ބުނާގޮތުން އޭނާ ހުންނާނީ ސިޔާސީ ކަންކަމާއި ދުރުގައެވެ.
މޯލްޑިވިއަންގެ ކެބިން ކްރޫއެެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި ނިމްޝާ ޒާހިރުގެ ނަން، ދިވެހިންގެ ތެރޭގައި ވައިގައި ހިފީ ޓިކްޓޮކުންނެވެ.
މިއަދު އޭނާއަކީ ދިވެހިންގެ މެދުގައި މަގްބޫލު ތަރިއެކެވެ. އެގޮތުން އިންސްޓަގްރާމު މެދުވެރިކޮށް އެކަނި ވެސް 33،700 އަށް ވުރެ ގިނަ ބަޔަކު ނިމްޝާ ފޮލޯކުރާއިރު، ޓިކްޓޮކްގައި އޭނާގެ 66،400 އަށް ވުރެ ގިނަ ފޮލޯވަރުން އެބަހުއްޓެވެ.