ޕްރިޔަންކާ ވަނީ ކައިވެންޏަށް ފަހު އޭނާގެ ނަމުގެ ފަހަތަށް ނިކްގެ ނަން އިތުރުކޮށްފައެވެ. ނަމަވެސް މި ދެ ދުވަހު މުޅިން ވެސް މި ދެކެވެނީ ޕްރިޔަންކާގެ ނަމުގެ ފަހަތުން ނިކްގެ ނަން ކަނޑާލި ވާހަކަ އެވެ.
ލަވަކިޔުންތެރިޔާ ނިކް ގެ ނަން ޕްރިޔަންކާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން އުނި ކުރުމާއެކު އެންމެ ގިނަ ބަޔަކު ހިތައް ގެނުވި ސުވާލަކީ އެ ދެ ތަރިންގެ ގުޅުން ނިމުނަކަށް ގެންނަން އުޅޭނީތޯ އެވެ.
މީގެ އިތުރުން ލޯބިން ދިރިއުޅެމުން އައި ދެމަފިރިންގެ ދިރިއުޅުމުގައި ފޫނުބެއްދޭ ވަރުގެ ބޮޑު ހައިޖާނު ގަނޑެއް ހިނގީ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ޝައްކު ކުރަމުންނެވެ.
ނިކްގެ ނަން އުނި ކުރީ ކީއްވެ ކަމެއް މިހާތަނަށް އައި އިރު ޕްރިޔަންކާ އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި އެކަމާއި ބެހޭގޮތުން ވާހަކަ ދައްކާފައެއްވެސް ނުވެއެވެ.
ކައިވެންޏަށް ފަހު ދެ ތަރިން އެކުގައި ގިނަ ހަފްލާތަކެއްގައި އެކުގައި ބައިވެރިވިއެވެ. ޕްރިޔަންކާ ގިނައިން ދިރިއުޅެނީ ވެސް އެމެރިކާގަ އެވެ.
ބޮލީވުޑް އެތައް ފިލްމަކުން ބެލުންތެރިންގެ ހިތްތައް ކަތިލި ބަތަލާ ޕްރިޔަންކާ އަންނަނީ ހޮލީވުޑްގައި ވެސް ފިޔަ ޖަހަމުންނެވެ.