ޝާހިދު ބުނީ 2019 ވަނަ އަހަރު ރިލީޒް ކުރި ކަބީރު ސިން ފިލްމަކީ އޭނާ ކެރިއަރު ބަދަލުކޮށްލި ފިލްމެއް ކަމަށެވެ.
އެގޮތުން އެ ފިލްމު ލިބުނު އިރު އޭނާ ހުރީ ‘ "ބިކާރީއެއްގެ" ހާލަތުގައި ކަމަށާއި، ނަމަވެސް ފިލްމަށް ފަހު ބޮޑެތި ފިލްމުތަކަށް ހުށަހެޅުން ލިބުނު ކަމަށެވެ. އަދި އެންމެންވެސް އޭނާ ބޭނުންވެފައި ތިބި ކަމަށް ޝާހިދު ބުނެއެވެ.
ތިން ސަތޭކަ ކްރޯޑް އާއެކު ދެހާސް ނަވާރަ ވަނަ އަހަރު ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ފިލްމަށް ކަބީރު ސިން ވެގެން ދިޔަ ނަމަވެސް ފިލްމަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ.
ބައެއް ފަރާތްތަކުން ބުނީ އެ ފިލްމުން "ޓޮކްސިކް ރިލޭޝަންޝިޕްތަކަށް" ހިތްވަރުދޭ ކަމަށެވެ.
ޝާހިދު އާއެކު އެ ފިލްމުގެ ލީޑް ރޯލުން ފެނިގެން ދިޔައީ ކިއާރާ އަދުވާނީ އެެވެ.