ads
އަތުރަންގީ ރޭ ގެ ޕޯސްޓަރެއް..
ސާރާ އާއި އަކްޝޭގެ "އަތުރަންގީ ރޭ" ގެ ޓްރެއިލާ އާންމުންނަށް
ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރާއި ފަހަކަށް އައިސް ބޮޑު ކާމިޔާބީއެއް ހޯދި ބަތަލާ ސާރާ އަލީ ހާންގެ ކުރިއަށް އޮތް ފިލްމު "އަތުރަންގީ ރޭ" ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

އެ ފިލްމަކީ މިހާތަނަށް މޮޅެތި ފިލްމުތަކެއް ހަދާފައިވާ އާނަންދު އެލް ރާއީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "އަތުރަންގީ ރޭ" އަކީ އާނަންދު ހެދި މޮޅު ފިލްމު ތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފިލްމެކެވެ.

"އަތުރަންގީ ރޭ" ގެ ޓްރެއިލާ އިއްޔެ ސޯޝަލް މީޑިއާ މެދުވެެރިކޮށް ދޫކޮށްލި އިރު ޔޫޓިއުބް މެދުވެރިކޮށް މިހާތަނަށް އައި އިރު 24 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލާފައެވެ.

އެ ފިލްމަކީ ލޯބީގެ ތަފާތު ވާހަކަ ތަކެއް ދައްކުވައިދޭނެ ފިލްމެއް ކަމަށް މީޑިއާ ތަކުގައި ރިޕޯޓްކޮށްފައިވާއިރު ފިލްމުގައި އަކްޝޭ އަދި ސާރާ އާއެކު ދަނޫޝް ވެސް ފެންނާނެއެވެ.

ފިލްމުގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު އެ ފިލްމު މިހާރު އަޅުވާ ގޮތަށް ނިންމާފައިވަނީ ޑިޖިޓަކް ކޮށެވެ.

ކުރިން ސިނަމާތަކަށް ގެންނަން ނިންމި ނަމަވެސް ކޮވިޑާއި ހެދި ފިލްމު އެޅުވުން ލަސްކޮށް ސިނަމާތަކަށް ފިލްމު ނުގެންނަން ނިންމާ އެންމެ ފަހުން ފިލްމު ޕްރިމިއާ ކުރަން ނިންމީ ޑިޒްނީ ޕްލަސް ހޮސްޓާގައެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ "އަތުރަންގީ ރޭ" ޕްރިމިއާ ކުރަން ނިންމާފައިވަނީ އަންނަ މަހުގެ 24 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް