ads
މިއަދުގެ ސޮއި ކުރެއްވުމުގެ ރަސްމިއަޔާތަށްފަހު ފޮޓޯ ހައުސިން މިނިސްޓްރީ
73.6 މިލިއަން ރުފިޔާއަށް ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރަން ހަވާލު ކޮށްފި
ބ. ކެންދޫ، ބ. ދަރަވަންދޫ އަދި ސ. ހިތަދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް 73.6 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށް، މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ.

ބ ކެންދޫގައި ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށްޓަކައި 17 (ސަތާރަ) ބްރޭކްވޯޓަރ (ޖުމުލަ 803 މީޓަރ) ޤާއިމްކުރުމާއި،  ދެ ޕްރޮއިން (ޖުމުލަ 90 މީޓަރ) ޤާއިމްކުރުމާއި، 80 މީޓަރގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމުގެ އިތުރުން ، 40x20 މީޓަރުގެ ސަރަޙައްދެއް ފުންކޮށް މޫދަށް އެރޭ ސަރަޙައްދެއް ތަރައްޤީކުރުން ހިމެނެއެވެ. 

އެއްއަހަރު ދުވަހުގެ މުއްދަތަށް ހިންގާ މިމަސައްކަތުގެ އަގަކީ 39،991،000.54 ރުފިޔާއެވެ.

ބ ދަރަވަންދޫގައި ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށްޓަކައި 07 (ހަތެއް) ބްރޭކްވޯޓަރ (ޖުމުލަ 490 މީޓަރ) އަދި 96 މީޓަރުގެ ރިވެޓްމަންޓެއް ޤާއިމްކުރަން ޖެހެއެވެ. އަދި އުތުރުފަރާތު ގޮނޑުދޮށް ވެލިން މުއްސަނދިކުރަން ޖެހެއެވެ. 

180 ދުވަހުގެ ތެރޭ ނިންމަންޖެހޭ މިމަސައްކަތަށް އެއްބަސްވެފައިވާ އަގަކީ 22،145،859.20 ރުފިޔާއެވެ.

ސ ހިތަދޫގައި ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ރަށުގެ ހުޅަނގުފަރާތުން 570 މީޓަރގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ރިވެޓްމަންޓެއް ޤާއިމްކުރުރުމާއި، 50x15 މީޓަރގެ ސަރަޙައްދެއް ފުންކޮށް މޫދަށް އެރޭ ސަރަޙައްދެއް ތަރައްޤީކުރުމުގެ އިތުރުން 100 މީޓަރގެ ބޮޑުހިލައިގެ ބްރޭކްވޯޓަރއެއް ޤާއިމްކުރުން ހިމެނެއެވެ. 

165 ދުވަހުގެ ތެރޭ ނިންމަން އެއްބަސްވެފައިވާ މިމަސައްކަތަށް ކަނޑައެޅިފައިވާ އަގަކީ 11،645،907.30ރުފިޔާއެވެ. 

މި މަޝްރޫޢުތަކުގެ ދަށުން ބ. ކެންދޫ، ބ.ދަރަވަންދޫ އަދި ހިތަދޫގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، މިތިން ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެން ދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރު ގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދުއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ ޕަބްލިކް ލިމިޓެޑްގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް