ads
ގޮއިދޫގައި ފެނާއި ނަރުދަމާ ގާއިމްކުރުން.. ފޮޓޯ/ އެމްޑަބްލިއުއެސްސީ
ގޮއިދޫ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމަކާ ގާތަށް!
އެމްޑަބްލިއުއެސްސީ އިން ބ.ގޮއިދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

މިގޮތުން މަސައްކަތުގެ 73 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ. 

މި މަޝްރޫއުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތްތަކާއި، ފެން އުފެއްދުމަށްޓަކައި ބަހައްޓާ 2 އާރު.އޯ ޕްލާންޓް ފެބްރިކޭޓް ކުރުމާއި އަދި ބޯހޯލް ތޮރުފުމުގެ މަސައްކަތްތައް ވަނީ ނިމިފައެވެ.

މީގެއިތުރުން، ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 10 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމާއި، ގޭގޭއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްތަކާއި އަދި ފެން އުފެއްދުމަށްޓަކައި ބަހައްޓާ 2 އާރު.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. މި މަސައްކަތްތަކުގެ ބޮޑުބައިވެސް މިހާރު ވަނީ ނިމިފައިވާކަން ފާހަގަކޮށްލެވެއެވެ. 

މި މަޝްރޫޢުގެ ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން 8.0 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމާއި އަދި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތުގެ 100 ޕަސެންޓު ވަނީ ނިމިފައެވެ. އަދި ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ ކޮންކުރީޓް މަސައްކަތްތަކުގެ ބޮޑުބައެއް ވަނީ ނިމިފައެވެ. އަދި ސީ އައުޓްފޯލް ގާއިމްކުރުމާއި، ޕަންޕިން ލައިން އެޅުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރެވެމުންނެވެ.

ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި، ވެހިކަލް އަދި ފެން ތަހްލީލު ކުރުމަށް ބޭނުންވާ ސާމާނު މި މަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގޮއިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިމަޝްރޫއުގެ އަގަކީ 46,304,686.85 މިލިއަން ރުފިޔާއެވެ. މިމަޝްރޫއު ނިމުމުން ގޮއިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް