ads
ހައިކޯޓު
އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުންފުންޏަކަށް ޖަމާކުރި ފައިސާ އަނބުރާ ދޭން ހުކުމްކޮށްފި
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ދައުލަތަށް ދައްކަން ހައި ކޯޓުން އަމިއްލަ ކުންފުންޏެއްގެ މައްޗަށް ހުކުމްކޮށްފި އެވެ.

އދ. ފުށިދިއްގާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބެންޖެހޭ ތިން މިލިއަން ޑޮލަރުގެ ތެރެއިން 50،000 ޑޮލަރު އެމްއެމްޕީއާރްސީއަށް ދެއްކި ޗެކު 2014 ވަނަ އަހަރު ޖަމާކޮށްފައިވަނީ އެމްއެޗްއެމްއާރު ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.

ހަައި ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނީ އެމްއެމްޕީއާރުސީއަށް ފައިސާ ލިބިފައިވާ ކަމަށް ބުނެ އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ސޮއިކޮށް ލިޔުން ދޫކޮށްފައިވީ ނަމަވެސް، އެ ޗެކް ޖަމާވީ އެމްއެޗްއެމްއާރު ނަމަކަށް ކިޔާ ކުންފުންޏެއްގެ އެކައުންޓަށް ކަން ބޭންކް ސްޓޭޓްމަންޓްތަކުން އެނގެން އޮތް ކަމަށެވެ. 

އަދި އެ ކުންފުންޏަކީ އެމްއެމްޕީއާރުސީގެ އޭރުގެ މޭނޭޖިން ޑައިރެކްޓަރު ޒިޔަތު އާއި އާއިލީ ގޮތުން ގުޅުން އޮންނަ މީހެއްގެ ކުންފުންޏެއް ކަމަށް ބުނެފައިވާ ކަމަށާއި އެހެންކަމުން ދައުލަތުން ބުނާ ބުނުން ރަނގަޅުކަން ހާމަވާ ކަމަށެވެ. 

ހައި ކޯޓުން ނެރުނު ހުކުމްގައި ބުނީ އެ ޗެކަކީ އެމްއެމްޕީއާރުސީއަށް ދޫކޮށްފައިވާ ޗެކެއް ކަމުން، އެ ޗެކް އެހެން ކުންފުންޏެއްގެ އެކައުންޓަކަށް ޖަމާވެފައިވާތީ އެއީ ދައުލަތުގެ ފައިސާ ކަމަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އެއް މަސް ދުވަސްތެރޭ އެ ފައިސާ ދެއްކުމަށް ބެންޗުން ހުކުމްކޮށްފައިވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް