ads
ޝާހް އަދި އާރިޔާން
އާރިޔާން މިހާރު އެއްވެސް މީހަކާއި ވާހަކަ ނުދައްކާ
މަޝްހޫރް ފިލްމީ ތަރި ޝާހުރުކް ހާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔާން ހާން އެންސީބީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މުމްބައީ ބޭރުގައި އޮތް ކްރުޒް ޝިޕެއްގައި ޕާޓީ ކުރަނިކޮށް މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ.

ހައްޔަރުކޮށްފައި ހުންނަތާ 25 ދުވަސް ފަހުން އާރިޔާން ދޫކޮށްލާފައިވަނީ މަހެއްވާން ގާތްވެފައިވަނިކޮށް ވަނިކޮށެވެ. އޭނާ ދޫކޮށްލީ ކަފާލާތުގެ ދަށުން ޝަރުތުތަކެއް ކުރުމަށް ފަހު އެއް ލައްކަ އިންޑިއަން ރުޕީސް ކޯޓަށް ދެއްކުމުންނެވެ. މިއަދަދު ދައްކާފައިވަނީ ގޯރީގެ ގާތް ރަހުމަތްތެރިޔާ އަދި މަޝްހޫރު ތަރި ޖޫހީ ޗާވްލާއެވެ.

މިހާރު ހަބަރުތައް ބުނާގޮތުން އާރިޔާން އެއްވެސް މީހަކާއި ވާހަކައެއް ނުދައްކައެވެ. އޭނާގެ ގާތް މީހުންނާއި ހަވާލާދީ ބޭރުގެ ހަބަރުތައް ބުނާގޮތުން އެ ހާދިސާއާއިއެކު އާރިޔާން ވަނީ ވަރަށް ބޮޑަށް ބިރުގަނެފައެވެ.

މިކަމާއި ގުޅިގެން މަންމަ ގޯރީ ވަނީ ލައިފްކޯޗެއް ހަޔާ ކޮށްފައި ކަމަށްވެއެވެ. އެއީ އެކަމުން އަރައިގަނަން އާރިޔާންއަށް ފަސޭހަކޮށްދިނުމަށް ކައުންސިލުން ދިނުމަށެވެ. އާރިޔާންގެ ލައިފް ކޯޗެއްގެ ގޮތުގައި ގޯރީ ހަޔާކޮށްފައިވަނީ އަރްފީން ހާން އެވެ.  ރިތިކް ރޯޝަންގެ ޑިވޯސްއަށްފަހު އޭނާއަށް ލައިފް ކޯޗިން ދިނީވެސް އޭނާއެވެ.   

އާރިޔާން ހައްުޔަރުކޮށްގެން ހޭދަވި ދުވަސްތަކުގެ ތެރޭގައި އޭނާ ސަލާމަތްވުމާއި ހަމަޔަށް ބައްޕަ ޝާހް ވަނީ ފުން ހިތާމައެއްގައި ދުވަސްތައް ކަނޑަތުކޮށްފައި ކަމަށްވެއެވެ. ހަބަރުތައް ބުނާގޮތުން ޝާހް އާއިި ގޯރީ ކެއުމާއި ބުއިމާއި ނިދުމުންވެސް ވަނީ މަހްރޫމްވެފައެވެ. އަދި އާރިޔާން ސަލާމަތްވެފައިވަނީ އެހާލުގައި ކުރި ބުރަ މަސައްކަތުންނެވެ.

ގިނަ ބަޔެއްގެ އިހްތިރާމާއި ލޯބި ލިބިފައިވާ ބޮލީވުޑް "ކިންގް" ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޝާހްގެ ރެޕިއުޓޭޝަން އޭނާގެ ފިރިހެން ދަރިފުޅުގެ ސަބަބުން ހަޑިވެގެން ދިއުމުން އާރިޔާން ޖަލުން ސަލާމަތް ވުމަށްފަހު އޭނާއަށް ދެން ބޭނުން ގޮތަކަށް އުޅުމުގެ ފުރުސަތެއް ޝާހް ނުދޭނެ ކަމަށްވެއެވެ. 

އެކަމަށްޓަކައި ޝާހް އިންތިޒާމުތަކެއްވެސް ވަނީ ހަމަޖައްސާފައި ކަމަށްވެއެވެ. އެގޮތުން ހަބަރުތައް ބުނާގޮތުން އާރްޔަން ދޫކޮށްލި ނަމަވެސް ޝާހްރުކާއި، ގޯރީ ވަނީ ކުރިޔަށް އޮތް ތިން މަސް ދުވަހު އާރިޔާން ގެއިން ނުކުތުން މަނާކޮށްފަ އެވެ. އަދި ރައްޓެހިންނާއި ބައްދަލު ކުރުމާއި އެއްވެސް ޕާޓީއެއްގައި ބައިވެރިވުންވެސް ވަނީ މަނާކޮށްފައެވެ. 

މީގެ އިތުރުން އާރިޔާންގެ ހަރަކާތްތަށް މޮނިޓަކުރުމަށާއި، އޭނާ ދާ ކޮންމެ ތަނަކަށް ދާއިރު އެކުގައި ދާން ބޮޑީ ގާޑަކު ހަމަޖައްސާފައި ވާކަމަށް ވެއެވެ. އަދި ތިން މަސް ފަހުންވެސް އާރިޔާންއަށް އެއްވެސް ތަނަކަށް ދެވޭނީ ބައްޕައަށާއި މަންމައަށް އަންގާ، ހުއްދަލިބުމުން ބޮޑީގާޑުގެ ހާޒިރުގައެވެ. 

ކޯޓުން އާރިޔާން ދޫކޮށްލާފައިވަނީ އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހުއެވެ. އަދި އެންސީބީއަށް ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު 11:00 އިން 14:00އަށް ހާޒިރުވާންޖެހޭ ގޮތަށް ޝަރުތުކޮށްފައެވެ. މިހާރު ކޯޓުން ވަނީ އޭނާ މަސްތުވާތަކެތި ގެންގުޅުންކަން ސާބިތު ނުވާކަމަށް ނިންމާ އޭނާ މިނިވަންކޮށްފައެވެ. 

އާރިޔަން ހައްޔަރުކުރީ އިންޑިއާގެ ނާކޮޓިކްސް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސް އެކްޓްގެ 27 ވަނަ ސެކްޝަންގެ ދަށުންނެވެ. އާރިޔަން އަށް ކުރެވުނު ތުހުމަތުތައް ސާބިތުވިނަމަ އޭނާއަށް 10 އަހަރުގެ ހުކުމެއް އައުން އެކަށީގެންވެއެވެ.

އާރިޔާންވަނީ ހަތަރު އަހަރު ވަންދެން މަސްތުވާ ތަކެތި ބޭނުން ކުރި ކަމަށާއި، ކިޔަވަން އެމެރިކާ އާއި، ދުބާއީ އަދި އިންޑިޔާގެ އިތުރުން އެހެން ގައުމުތަކުގައި އުޅުނުއިިރުވެސް މަސްތުވާތަކެތި ބޭނުން ކޮށްފައިވާ ކަމަށް އެއްބަސްވެފައި ކަމަށްވެއެވެ. 

40%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް