ads
ވާދޫ މީދާ މަދުކުރުމުގެ މުބާރާތުގައި ނައްތާލި މީދާ ތަކެއް…
ވާދޫ މީދާ މަދުކުރުމުގެ މުބާރާތް ކުރިއަށްދަނީ ވަރަށް ފޯރީގައި!
ރ.ވާދޫގައި ކުރިއަށްގެންދާ މީދާ މަދު ކުރުމުގެ މުބާރާތް ވަރަށް ފޯރީގައި ކުރިއަށްދާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
Advertisement

މި މުބާރާތް އެރަށުގައި ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު އެވެ.

ސީއެންއެމް އަށް ވާހަކަ ދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް ހަސަން އަލީ ވިދާޅުވީ، މުބާރާތް ފެށިތާ މިއަދަށް ދެ ދުވަސް ވީ ކަމަށާއި މުބާރާތުގެ ހުރިހާ ބައިވެރިންވެސް މަސައްކަތް ކުރަމުންދަނީ ފޯރީގައި ކަމަށެވެ.

އިތުރަށް ވިދާޅުވީ، މި ދެ ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ މީދާ ހިފާ ނައްތާލެވިފައިވާ ކަމަށެވެ. ކޮންމެ ދުވަހަކުވެސް ބައިވެރިން ހިފާ މީދާތައް މެންދުރު ކުރި 11 އާއި 11:15 އާއި ދޭތެރޭ ނައްތާލާކަން ހަސަން ފާހަގަ ކުރެއްވިއެވެ.

"ރަށުގެ ކުނި ގޮނޑާ ދިމާލުގަ ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއްގައި ހިފާ ހުރިހާ މީދާ ނައްތާލަނީ" ހަސަން ވިދާޅުވިއެވެ.

ޖުމްލަ 10 ދުވަހުގެ ނިޔަލަށް ތަފާތު ކޮށް މި އަހަރު ގެންދާ މި މުބާރާތުގައި ޖުމްލަ ފަސް ގްރޫޕަކުންނާއި އަމިއްލަ ދެ ފަރާތަކުން ބައިވެރިވެފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.

އިތުރަށް ހަސަން ވިދާޅުވީ، ބޭސް ބޭނުންކޮށްގެން މީދާ މަދުކުރުމަށް ވުރެން ދަތި ޖަހައިގެން މީދާ ހިފާ މަދުކުރުން މާ ރަނގަޅު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. 

ވަނަ ތައް ހޮވާގޮތަށް ކުރިއަށް ގެންދާ މީދާ މަދުކުރުމުގެ މުބާރާތުގައި 200 މީދާ ހިފާ ބަޔަަށް 3000 ރުފިޔާ ކަނޑައަޅާފައިވާއިރު 150 މީދާ ހިފާ ބަޔަކަށް ކަނޑައަޅާފައިވަނީ 2000 ރުފިޔާއެވެ. އަަދި 100 މީދާ ހިފާ ބަޔަކަށް 1000 ރުފިޔާ ދޭގޮތަށް ވަނީ ނިންމާފައެވެ.

މި މުބާރާތް މިވަގުތު ފެށިގެން ފޯރީގައި ކުރިއަށް ދިޔަ ނަމަވެސް މުބާރާތުގެ ކުރިން އެރަށު ބައެއް ޒުވާނުން ވަނީ އެކަމާ ދެކޮޅު ހަދާ އަޑު އުފުލާފައެވެ. އަދި ފުޓްސަލް މުބާރާތް ނުބާއްވާ މީދާ މެރުމުގެ މުބާރާތް ބާއްވަން ގަބޫލު ނޫން ކަމަށް ބުނެ ކައުންސިލް އިދާރާ ކުރިމައްޗަށް ވެސް އެ ޒުވާނުން ވަނީ އެއްވެ އަޑު އުފުލާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް