ads
ދީޕިކާ އަދި ރަންވީރު..
ރަންވީރާއި ދިޕިކާގެ "83" އަންނަ މަހު 24 ގައި ސިނަމާތަކަށް!
ބޮލީވުޑްގެ ޖޯޑު ރަންވީރު ސިންގް އާއި ދީޕިކާ ޕަޑުކޯން ގެ ދެމަފިރިން އެކުގައި ފެނިގެންދާނެ ފިލްމު "83" އަންނަ މަހުގެ 24 ގައި ސިނަމާތަކަށް ގެންނާނެ ކަން އިއުލާނުކޮށްފިއެވެ.
Advertisement

އެ ފިލްމަކީ "ޓިއުބްލައިޓް" އާއި "އެކް ތަ ޓައިގާ" ފަދަ ރީތި ފިލްމުތައް ގެނެސްދީފައިވާ ކަބީރު ސިންގެ ޑައިރެކްޝަން ހަދާފައިވާ ފިލްމެކެވެ.

މިހާރު ވަނީ ފިލްމުގެ ޓީޒާ އެއްވެސް ބެލުންތެރިންނަށް ދޫކޮށްލާފައެވެ. މިހާތަނަށް އައި އިރު ގިނަ ބަޔަކު ޔޫޓިއުބް މެދުވެރިކޮށް އެ ޓީޒާ ބަލާފައިވާކަން ފާހަގަކޮށްލެވެއެވެ.

ފިލްމުގެ ޓީމުން ބުނަނީ "83" ގެ ރަސްމީ ޓްރެއިލާ މި މަހުގެ 30 ވަނަ ދުވަހު ނެރޭނެ ކަމަށެވެ.

"83" އަކީ އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރަން ކުރި މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

2018 ވަނަ އަހަރު ކައިވެނިކުރި މި ދެތަރިން އެކުގައި ފިލްމުން ފެންނާނެ ނަމަވެސް މި ފިލްމުގައި ދީޕިކާގެ ރޯލު މާ ބޮޑު ނޫންކަމަށް ހަބަރުތައް ބުނެއެވެ.

މުޅި ފިލްމުގައިހެން ކްރިކެޓްގެ ފޯރި ފެންނާނެ މި ފިލްމުން ސާގިބް ސަލީމް، ތާހިރް ރާޖް ބާސީން، ހާޑީ ސަންދޫ، އައްމީ ވާކް، ބޮމަން އިރާނީ އަދި ޕަންކަޖް ތުރިޕަތީ ފަދަ އެކްޓަރުން ފެންނާނެކަން ފާހަގަކޮށްލެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް