ads
ފިއްލަދޫ ކައުންސިލް އިދާރާ
ފިއްލަދޫގައި ގެވެށިއަނިޔާ ހުއްޓުވުމުގެ ސެޝަންތަކެއް ފަށައިފި
ދަރިން ތަރުބިއްޔަތު ކުރުމާއި ގެވެށި އަނިޔާ ހުޓުވުމުގެ ސެޝަން ތަކެއް ޖެންޑާ މިނިސްޓްރީގެ ފަރާތުން މިއަދު ހއ ފިއްލަދޫގައި ފަށައިފިއެވެ.

މި ސެޝަން ކުރިއަށް ގެންދާނީ، ފިއްލަދޫ ސްކޫލްގެ ބެލެނެވެރިންނަށާއި މުއައްސަސާތަކަށް ކަމަށް ފިއްލަދޫ ކައުންސިލުން ބުނެއެވެ.

ފިއްލަދޫ ކައުންސިލުން ބުނީ މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިންދުވަހުގެ މުއްދަތަށް ކަމަށެވެ. އެގޮތުން ރޭ ކުރިއަށް ދިޔައީ މުއައްސަސާ ތަކަށް ހާއްސަކޮށްގެން ކަމަށާއި، މިރޭ އޮތީ އެރަށުގެ ސްކޫލްގެ ބެލެނިވެރިންނަށް ހާއްސަ ކޮށްފައި ކަމަށެވެ.  

މިސެޝަންގައި ދަރިން ބެލެހެއްޓުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި، ގެވެށިގުޅުމަކީ ކޮބައިކަމާއި، ގެވެށި އަނިޔާ ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައުލޫމާތު ވަނީ ޖެންޑާގެ ފަރާތުން ބެލެނެވެރިންނަށް ކިޔައި ދެއްވާނެއެވެ.

ޖެންޑާ މިނިސްޓްރީގެ ފަރާތުން އެރަށަށް ވަޑާއިގެންނެވި ޓީމަކުން ކުރިއަށް ގެންދާ މިސެޝަން ކުރިއަށް ގެންދަނީ އެރަށު ސްކޫލް ހޯލުގައެވެ.

މިފަދަ ސެޝަންތަށް ޖެންޑާގެ ފަރާތުން ކުރިއަށް ގެންދަނީ ގެވެށިއަނިޔާގެ ޝިކާރައަކަށް ވަމުންދާ ފަރާތްތަށް އެފަދަ ކަންކަމަށް ހޭލުންތެރިކުރުމުގެ ގޮތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް