ads
ދެއްވަދޫގައި ބެހެެއްޓި އޭޓީއެމް…ފޮޓޯ/ ބީއެމްއެލް
ދެއްވަދޫއަށް ވެސް އޭޓީއެމްގެ ހިދުމަތް ފަހިވެއްޖެ
ބޭންކް އޮފް މޯލްޑިވްސް އިން އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ގއ. ދެއްވަދޫގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

މި ފެށުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ގއ. އަތޮޅު ވިލިނގިލީ ބްރާންޗްގައި ވެސް ސެލްފް ސަރވިސް ބޭންކިން ގެ ހިދުމަތް ދަނީ ދެވެމުންނެވެ. 

މީގެ އިތުރުން ގއ. އަތޮޅުގެ އިތުރު 7 ރަށެއްގައި މިވަނީ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކުރެވިފައެވެ. މި ރަށްތަކަކީ ދެއްވަދޫ، ކޮލަމާފުށި، ދާންދޫ، މާމެންދޫ، ނިލަންދޫ، ގެމަނަފުށި، އަދި ކޫއްޑޫ އެވެ. 

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ބީއެމްއެލްއިން ދަނީ ނުހަނު ބޮޑަށް މަސައްކަތްތައް ކުރަމުން ކަމަށެވެ.  މިގޮތުން ދެއްވަދޫގައި އޭޓީއެމްގެ ހިދުމަތް މިއަދު ފެށިގެންދާކަމީ ބޭންކަށް ލިބޭ އުފަލެއް ކަމަށާއި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކިން ހިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ވެސް ސޯޔާ ވިދާޅުވިއެވެ. 

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 75 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި 136 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރި ތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް