ads
ހިރިލަންދޫ ކައުންސިލް އަށް ރައީސް ބައްދަލުކުރެއްވުން.. ފޮޓޯ/ ރައީސް އޮފީސް
ހިރިލަންދޫ ބިން ހިއްކުމުގެ މަސައްކަތް މޭ މަހުގެ ކުރިން ފަށަނީ
ތ. ހިރިލަންދޫ ގެ ބިިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ މެއި މަހުގެ ކުރިން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔަގީންކަން ދެއްވައިފި ކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލު ވިދާޅުވެއްޖެއެވެ.
Advertisement

އެރަށު ބިން ހިއްކުމުގެ މަޝްރޫއަކީ ރައީސްގެ ރިޔާސީ ވައުދެއްކަން ފާހަގަކޮށްލެވެއެވެ.

ސީއެންއެމް އަށް ވާހަކަ ދައްކަވަމުން ޖަލާލު ވިދާޅުވީ، މިއަދު ރައީސް އެރަށު ކައުންސިލާ ބައްދަލު ކުރެއްވި ކަމަށާއި ހިރިލަންދޫ އަށް ކޮށްދެން ނިންމާފައިވާ ބޮޑެތި މަޝްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

އެގޮތުން ރައީސްގެ ރިޔާސީ ވައުދު ކަމަށްވާ ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވި ކަމަށާއި އަންނަ މޭ މަހުގެ ކުރިން އެ މަސައްކަތް ރަސްމީކޮށް ފެށޭނެ ކަމުގެ ޔަގީންކަން ދެއްވި ކަން ޖަލާލު ފާހަގަކުރެއްވިއެވެ.

ޖަލާލު އިތުރަށް ވިދާޅުވީ މިހާރު އެ މަޝްރޫއު ފެށުމަށް  އެމްޓީސީސީ އަށް ހަވާލުކޮށް ސޮއިކޮށްފައިވާ ކަމަށެވެ. 

މިއަދުގެ ބައްދަލުކުރެއްވުމުގެ ވާހަކަ ހިއްސާކުރައްވަމުން ޖަލާލު އިތުރަށް ވިދާޅުވީ، ހިރިލަންދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެމަސައްކަތަށް ބޭނުންވާ ސާމާނާއި ލޭބަރުން އަންނަ މަހު ގެންދެވޭނެ އެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި މި ފަސް އަހަރު ނިމެން ވާއިރަށް ފެނާއި ނަރުދަމާ ގާއިމްކޮށްދިނުން އެއީ ރައީސްގެ ރިޔާސީ ވައުދެއްކަން ފާހަގަކޮށްލެވެއެވެ.

އޭގެ އިތުރުން އެރަށު ސްކޫލް އިމާރާތުގެ މަސައްކަތާއި މަލްޓިޕާޕޯސް ހޯލްގެ މަސައްކަތް ޓެންޑާކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސްގެ ބައްދަލުކުރެއްމުގެ ތެރެއިން މަޝްވަރާ ކުރެވުނު ކަމަށް ވެސް ޖަލާލު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުގެ ރައީސް ވަނީ އެރަށުގައި ގިނަ ޒަމާންތަކެއްވަންދެން ނުކުރެވި ހުރި ތަރައްޤީގެ ބައެއްކަންކަން މި ސަރުކާރުން ކުރެވޭނެގޮތަށް ފަހިކޮށްދެއްވާފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް