ads
ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީ އަށް ހަވާލު ކުރުން.. ފޮޓޯ/އެމްޓީސީސީ
ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް 22.96 މިލިއަން!
ޖުމްލަ 22.96 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު މ.ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާ ހަވާލުކުރެވުނު މަޝްރޫއެކެވެ.

365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން އެމްޓީސީސީ އަށް ހަވާލުކޮށް މިހާރު ވަނީ އެއްބަސްވުމުގައި ސޮއިވެސް ކޮށްފައެވެ. އެގޮތުން އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާ އެވެ. އަދި މިނިސްޓްރީގެ ފަރާތުން އެއްބަސް ވުމުގައި ސޮއި ކުރެއްވީ ޕާމަނަންޓް ސެކެރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.

މި މަޝްރޫއުގެ ދަށުން 9683 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމާއި 202 މީޓަރުގެ ބޭރު ތޮށި ލުން ކުރިއަށްދާނެއެވެ. އޭގެ އިތުރުން 519 މީޓަރުގެ ރިވެޓްމެންޓު ޖެހުން ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެ އެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީން އަންނަނީ 64 މަޝްރޫއެއްގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އަށް މަޝްރޫއަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުކަން ފާހަގަކޮށްލެވެއެވެ. 

ފާއިތުވި ދިޔަ ތިން އަހަރުގެ ތެރޭގައި ވެސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ހަ މަޝްރޫއެއް އެ ކުންފުނިން ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް