އެކަމާއި ގުޅިގެން ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެވުމާއެކު އެކަމުގެ ހަގީގަތް ބަލަމުން އަންނަ ކަމަށެވެ.
ސީއެންއެމް އަށް އެނގިފައިވާ ގޮތުގައި އެ ފިރިހެން ދަރިވަރު ވަނީ އަންހެން ދަރިވަރުންނަށް ބިރު ދައްކާ ބަރަހަނާ ފޮޓޯ ލީކު ކޮށްލާނެ ކަމަށް ބުނެފައެވެ. އަދި އެ ޕޯސްޓުތަކުން ހާމަވާ ގޮތުގައި 15 އަންހެން ކުދިން ރޭޕް ކުރި ކަމަށާއި އޭގެތެރޭގައި އޭނާގެ އާއިލާގެ ކުދިން ވެސް ހިމެނޭ ކަމަށް އެ ޕޯސްޓްތަކުގައި ވެއެވެ.
މިކަމާއި ގުޅިިގެން އާންމުން އަންނަނީ އެއީ ހަގީގަތަކަށް ވާނަމަ އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައި އެ ދަރިވަރަށް ފިޔަވަޅު އެޅުމަށް ގޮވާލާއި ޕޯސްޓުތައް ވެސް ކުރަމުންނެވެ.
މީހަކު ޓްވީޓާގައި ސީއެޗްއެސްސީ ޓެގްކޮށް އެވާހަކަ ދެއްކަމުން ބުނެފައިވަނީ އެކަމުގެ މައުލޫމާތެއް އަދި ސްކޫލްގެ ސަމާލުކަމަށް އައިސްވާ ނުވާ ކަމަށާއި އެކަން އެގޮތަށް ހިނގާފައިވާނަމަ އެކަން ބަލައި ތަހުގީގު ކުރުމަށްފަހު އެ ދަރިވަރަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައިވާއިރު މި ފަހުން ވަނީ ސްކޫލްތަކުގައި ޖިންސީ ފުރައްސާރަ ކުރާ މައްސަލަތައް ފެންމަތިވާ މިންވަރު ގިނަ ވެފައެވެ. އެކަމުގެ ސަބަބުން އާންމު ރައްޔިތުން އަންނަނީ އެފަދަ އަމަލުތައް ހިންގާ މީހުންނަށް ހައްގު އަދަބު ކަނޑައެޅުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.