ads
ލަވައިގެ މަންޒަރެއްގައި އެލީ…
އެލީގެ “ޗީޕް ތްރިލްސް” ވަރަށް ޗާލު!
އުމުރުން އެންމެ އަށް އަހަރުގެ ލަވަ ކިޔުންތެރިޔާ ލައިބާ އަހުމަދު މަހުލޫފު (އެލީ) ގެ އާ ކަވާ “ޗީޕް ތްރިލްސް” ބެލުންތެރިންނަށް ދައްކާލައިފިއެވެ.
Advertisement

“ޗީޕް ތްރިލްސް” އަކީ އޮސްޓްރޭލިއާ އަށް އުފަން ލަވަކިޔުންތެރިޔާ އަދި ސޯންގް ރައިޓާ ސިއާ, 2016 ވަނަ އަހަރު ރިލީޒްކޮށް މުޅި ދުނިޔޭގައި ވެސް ކާމިޔާބީ އާއި މަގުބޫލުކަން ހޯދި ލަވަ އެކެވެ.

ގްރެމީ އެވޯޑަށް ވެސް ނޮމިނޭޓްވި އެ ލަވައިގެ ކަވާ އެއް އެލީގެ އަޑުން ކިޔާފައިވާއިރު އޭނާގެ ކޯޗު ޖޫލިއާ ވެސް ލަވައިން ފެނެއެވެ.

ރޭ ޔޫޓިއުބަށް ދޫކޮށްލާފައިވާ އެ ލަވަ އަށް އާންމުންގެ ބޮޑު ތަރުހީބެއް ވެސް އަންނަނީ ލިބެމުންނެވެ. މިހާތަނަށް  ވެސް ގިނަ ބަޔަކު އެ ލަވަ ބަލާފައިވާކަން ފާހަގަކޮށްލެވެއެވެ.

އަބްދުލް ބާސިތު(ބާޗީ) މިއުޒިލް އާއި ރެކޯޑިން ހަދާފައިވާ “ޗީޕް ތްރިލްސް” ގެ ކުރިން ވެސް އެލީ ވަނީ އިނގިރޭސި ލަވައެއްގެ ކަވާ ނެރެފައެވެ. އެފަހަރު ނެރުނީ “ޑާންސް މަންކީ” އެވެ. 

އެލީ ވަނީ މިހާތަނަށް ދިވެހި ލަވަ ތަކާއި މަދަހަ ތައް ވެސް ނެރެފައެވެ. އެގޮތުން “އިތުރު ރަސޫލާ” އާއި “ކިޔާ ދޫ ތަކުން މީ” އަކީ އެލީގެ ފާހަގަކޮށްލެވޭ ދެ މަސައްކަތެވެ.

އެލީ މިހާރު އަންނަނީ ދުނިޔޭގެ މަޝްހޫރު ރިއަލިޓީ ޝޯ އެއް ކަމަށްވާ “ދަ ވޮއިސް ކިޑްސް ރަޝިއާ” ގައި ވެސް ބައިވެރިވެ ކާމިޔާބީ ހޯދަމުންނެވެ. އެގޮތުން އެ ޝޯގެ ފުރަތަމަ އޮޑިޝަނުން އޭނާ ހޮވިފައިވާއިރު ދެން އެލީ ހުށަހަޅަން ޖެހޭނީ ޝޯގެ ޕްރޮޑިއުސާސް އޮޑިޝަންގައެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް