ads
ވެލިފުނިން ވެލި ނެގި މައްސަލާގައި މާމެންދޫ ކައުންސިލް މަޖިލިސް ކޮމިޓީއަށް
ގއ. މާމެންދޫ ސްލިޕްވޭ ސަރަހައްދުގައި އޮންނަ ބޮޑު ފެލި ފުންޏަކުން ވެލި ނެގި މައްސަލަ ރައްޔިތުން މަޖީލީހުގެ އެންވަޔަރަމަންޓު އެންޑް ކްލައިމެޓް ކޮމިޓީއަށް ވައްދައި، އެރަށު ކައުންސިލް މެންބަރުން މަޖިލީހަށް ހާޒިރުކޮށްފިއެވެ.
Advertisement

އެ މައްސަލަ އެ ކޮމިޓީއަށް ވައްދާފައިވަނީ ގއ. ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އެވެ.

މިއަދު ގެންދެވުނު ކޮމިޓީ ބައްދަލުވުން އޮންލައިންކޮށް ކުރިއަށްގެންދެވުނު އިރު އެރަށުގެ ހުރިހާ ކައުންސިލް މެންބަރުން ވަނީ ހާޒިރު ކޮށްފައެވެ.

މިއަދުގެ ކޮމިޓީއާ ބެހޭގޮތުން މާމެންދޫ ކައުންސިލްގެ ރައީސް އަހުމަދު އަޒީޒު ސީއެންއެމް އަށް ވިދާޅުވީ، ސްލިޕްވޭ ސަރަހައްދުގައި ހުންނަ ވެލި ފުންޏަކުން ވެލި ނެގި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ޔައުގޫބު ކަމަށާއި މައްސަލަ ބެލި ނަމަވެސް ވެލި ނަގާފައިވާނީ ކައުންސިލްގެ ބޭނުމަކަށް، އީޕީއޭގެ ފުރިހަމަ ހުއްދަ އާއެކު ކަމަށެވެ.

ކަމާއި ގުޅުން ހުރި ފަރާތްތަކާއެކު މިއަދު ކުރިއަށް ގެންދެވުނު ކޮމިޓީ ބައްދަލުވުމުގައި އީޕީއޭގެ ފަރާތުން ވާހަކަދެއްވި ބޭފުޅާވެސް ވިދާޅުވެފައިވަނީ ކައުންސިލްގެ ބޭނުމަށް ވެލި ނެގުމަށް އެ ކައުންސިލަށް ހުއްދަ ދީފައިވާނެ ކަމަށެވެ.

އަހުމަދު އިތުރަށް ވިދާޅުވީ، މީގެ ކުރީގެ ދައުރެއްގައިވެސް ކައުންސިލްގެ ބޭނުމަށް އެ ވެލިފުނިން ވެލި ބޭނުން ކުރި ކަމަށާއި، އެފަހަރުވެސް ވެލި ބޭނުން ކުރީ ހުއްދަ ހޯދަންޖެހޭ ފަރާތުގެ ހުއްދަ ހޯދައިގެން ކަމަށެވެ. މިއަދުގެ ކޮމިޓީގައި އެކަމަށް ވެސް އީޕީއޭއިން ރިއާއަތްކޮށް ކައުންސިލުން ބޭނުންވާ ނަމަ އެގޮތަށް އަމަލު ކުރެވިދާނެ ކަމަށް ވާހަކަ ދައްކާފައިވާ ކަމަށް އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވަނީ މިއަދުގެ ކޮމިޓީގައި ބައިވެރިވެލެއްވި ގެމަނަފުށީ ދާއިރާގެ މެންބަރަށާއި އީޕީއޭ އަށާއި ކޮމިޓީގެ މުގައްރިރަށް ޝުކުރު އަދާކޮށްފަ އެވެ.

ވެލިފުނިން އަށް ބަސްތާ ވެލި ނެގި މައްސަލާގައި މިދިޔަ މަހުގެ ތެރޭގައި ކައުންސިލް ރައީސާއި ނައިބު ރައީސް މިސްބާހު މުޖުތަބާއާ ދެމެދު ވަނީ ބޮޑެތި މައްސަލަތަކެއް ވެސް ޖެހިފައެވެ. އަމިއްލަ ބޭނުމަކަށް ވެލި ނެގީ ކަމަށް ބުނެ މިސްބާހު ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކާއެކު މައްސަލަ ގަނޑު އިތުރަށް ދިޔައީ ހޫނުވެގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް