ads
ފަނޑިޔާރު މަހާޒް އަލީ ރައީސް ޔާމީންގެ ޝަރީއަތުގައި ރައުޔު އިއްވަނީ--
އަދީބް އާއި ޒިޔަތުގެ އެކަނި ހެކިބަހަށް ބުރަދަނެއް ދިނުން ރައްކާތެރިއެއް ނޫން"
ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު، އެސްއޯއެފް މެދުވެރިކޮށް އަމިއްލަ އެކައުންޓަށް ޖަމާކުރިކަމަށް ހުކުމް ކުރުމުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އެކަނި ހެކިބަހަށް ބުރަދަން ދިނުން ރައްކާތެރި ނޫންކަމަށް އެ މައްސަލާގައި ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
Advertisement

ގާޒީ މަހާޒު ވިދާޅުވީ، އަހުމަދު އަދީބު ހެކި ބަސްދެމުން އެމްއެމްޕީއާރު ސީގެ ފައިސާ މާރު ކޮށްގެން އެފައިސާ ރައީސް ޔާމީނާ ހަވާލު ކޮށްފައި ހުންނާނެ ކަމަށާއި ، އެފައިސާ ޔާމީން ބުނެގެން އެކި ތަންތަނަށް ގެންގޮސްފައި ހުންނާނެ ކަމަށާއި، ވޮޑަމުލާގެ އެއްބަސްވުމުގައި ސޮއިކުރަން ރައީސް ޔާމިން އެންގި ކަމާއި، ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓު ނުލިބިގެން ރައީސް ޔާމިން ބުނި ކަމަށް ކްރިމިންލް ކޯޓުގައި ފާހަގަ ކޮށްފައިވާ ކަމަށެވެ. 

އަދި އަބްދުﷲ ޒިޔަތުގެ ހެކިބަހާ ބެހޭ ގޮތުން ކްރިމިނަލް ކޯޓުން ބުނެފައިވަނީ ގއ.ވޮޑަމުލާގެ ފައިސާ ނުލިބިގެން ރައީސް ޔާމީން ގުޅިކަމަށް ބުނެފައިވާ ކަމަށެވެ.

މިކަން މިގޮތަށް ފާހަގަ ކުރުމަށްފަހު އަދީބުއާއި ޒިޔަތަކީ އެމްއެމްޕީއާރުސީގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ދެމީހުން ކަމަށާއި، މިދެމީހުންނަކީ ރައީސް ޔާމީނުގެ ސަރުކާރުގައި ވަޒީފާއިން ވަކިކޮށް އަދަބު ލިބިފައިވާ ދެމީހުން ކަމުގައިވާތީ އެދެމީހުންގެ ހެކިބަހުގައި ޝައްކު އުފެދޭ ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުން ފާހަގަ ކޮށްފައިވާ ކަމަށް މަހާޒު ވިދާޅުވިއެވެ. އަދި މިމައްސަލާގައި ލިބިފައިވާ އެހެން ހެކިތަކުން މިޝައްކު ކުޑަ ކޮށްދޭ ކަމަށް ފަނޑިޔާރުން ފާހަގަ ކޮށްފައި ވެއެވެ. 

މިދެމީހުންގެ ހެކިބަހާއިމެދު ޝައްކު އުފެދޭ ކަމާމެދު މިމައްސަލައިގެ އެއްވެސް މަރުހަލާއެއްގައި ދެބަސްވުމެއް ނެތްކަމަށްވެސް ފަނޑިޔާރު މަހާޒު ފާހަގަ ކުރެއްވިއެވެ. އަދި އެޝައްކު އުފެދޭ ހާލަތު ތަކަށް ބަލާއިރު އެޝައްކު އުފެދޭނެ ކަމަށް އަމިއްލަފުޅަށް ވެސް ގަބޫލު ކުރައްވާ ކަމަށް މަހާޒު ވިދާޅުވިއެވެ. 

ނަމަވެސް އަދީބުގެ ހެކިބަހުގައި އެހުރި ކަންކަން އެގޮތަށް ހުރިކަމަށް ދަލާލަތު ކޮށްދޭ އިތުރު އެއްވެސް ހެއްކެ ނުވަތަ ގަރީނާއެއް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ފާހަގަ ކޮށްފައި ނުވާ ކަމަށާއި، ގއ ވޮޑަމުލާގެ ފައިސާ ލިބުން ލަސްވެގެން ޒިޔަތަށް ރައީސް ޔާމީނު ގުޅިކަން ދޭހަވާ ހެއްކެއް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ފާހަގަ ކޮށްފައި ނުވާ ކަމަށެވެ.

އަދި ދެމަރުހަލާގެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުތަކުން ، ކްރިމިނަލްކޯޓުގެ ފަނޑިޔާރުން އެ ދެމީހުންގެ ހެކިބަހުން ބާރުލިބޭ ނުވަތަ ގުޅުވާލެހޭ ހެކިތަކެއް ފާހަގަ ވެފައި ނުވާ ކަމަށް މަހާޒު ވިދާޅުވިއެވެ. 

އެހެން ކަމުން އެދެމީހުންގެ ހެކިބަހަކީ އެހެކިބަހަށް އެހެން ހެއްކެއް ނުވަތަ ގަރީނާއެއް ނެތް ހާލަތުގައި އެހެކިބަހަށް ބުރަދަނެއް ދިނުން ރައްކާތެރި ހެކިބަހެއްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ގާޒީ މަހާޒު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް