ads
ކުރީގެ ރައީސް ޔާމީން... ފޮޓޯ/ސޯޝަލް މީޑިއާ
ރައީސް ޔާމިން މިނިވަންވިން: ސަޕޯޓަރުންގެ ލޯތައް އުފާވެރިކަމުގެ ކަރުނައިން ފޯކޮށްފި
ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު، އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާކުރި ކަމުގެ ކުށުގައި ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލް ކުރުމާއެކު ޕީޕީއެމް އަދި ޔާމިންގެ ސަޕޯޓަރުން އުފަލުން ރޮއްވާލައިިފިއެވެ.
Advertisement

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން މައްސަލާގައި ހުކުމް އިއްވި އިރު ދެ މަރުހަލާގައި ވެސް ކުށް ސާބިތުވާކަމަށް ނިންމި ފަހުން، ކުށް ސާބިތުވުމުގައި ވާހަކަ ދެކެވުނު އެއް މިލިއަން ޑޮލަރަކީ ގާނޫނީ ގޮތުން ސައްހަ ޔާމީން އަށް ލިބުން ހައްގު ފައިސާއެއް ކަން އެނގިގެން ގޮސްފައިވާ ކަމަށް ބެންޗުގައި ބައިވެރިވެ ވަޑައިގެންނެވި ތިން ފަނޑިޔާރުންވެސް ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ފެށުން ފެށުނީންސުރެއް ޔާމީންގެ ސަޕޯޓަރުންނާއި ގިނަ އަދަދެއްގެ ބަޔަކު ތިބީ ޝަރީއަތް ނިމެންދެން އިންތިޒާރުކޮށްގެންނެވެ. ޝަރީއަތް ނިމިގެން ދިޔައީ ޔާމީންގެ ކޮޅަށް ކަން ކޯޓުން އެންގުމާއެކު ޗެނަލް ތޭރައިން ވެސް ވަނީ އެކަމުގެ އުފަލުގައި ކީރިތި ގުރުއާން ވެސް ޖަހާފައެވެ.

ސޯޝަލް މީޑިއާގައި ސަޕޯޓަރުންނާއި އެމަނިކުފާނު ދެކެ ލޯބިވާ އެތައް ބަޔަކު އުފާ ފާޅުކުރަމުން އަންނަ އިރު މިވަގުތު ޔާމީންގެ ގެކޮޅު ކައިރިއަށް ވެސް ސަޕޯޓަރުން އެއްވެ ވަނީ އުފާ ފާޅުކޮށްފައެވެ. އެގޭ ދޮށުގައި އެމަނިކުފާނަށް މަރުހަބާ ދަންނަވަން އިސްތިގުބާލަށް ސަޕޯޓަރުން ތިއްބެވި އިރު ގެކޮޅު ކުރި މައްޗަށް ވާގޮތަށް ރަތް ދޫލަ އެއް އަޅައި ފިނިފެންމަލުގެ ފިޔަ ވެސް އޭގެ މައްޗަށް އަޅާފައިވެއެވެ.

ސަޕޯޓަރުންގެ ލޯތައް އުފާވެރިކަމުގެ ކަރުނައިން ތެތްމާލާފައިވާއިރު ބައެއް ސަޕޯޓަރުންނަށް އުފަލުންގޮސް ހިތައް ކުރި އަސަރުން ބުނާނެ އެއްޗެއް ނޭންގި ވާހަކަ ދައްކަން ދަތިވިކަމަށް ހަބަރު ލިބެއެވެ.

މާލޭގެ މަގުތައް ވެސް މިވަގުތު ހަލަބޮލިވެފައިވާއިރު އުފަލުން ތިބީ މާލޭގައި ދިރިއުޅޭ ޔާމީންގެ ސަޕޯޓަރުން އެކަންޏެއް ނޫނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޕީޕީއެމް މެންބަރުންގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ކުލަވަރެވެ. 

އެމަނިކުފާނު ކޮޅަށް ޝަރީއަތް  ނިމުމާއެކު ސިޔާސީ އިސް ފަރާތްތަކުންނާއި މަޖިލިސް މެންބަރުން ވެސް އަންނަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ޔާމީނަށް މަރުހަބާ ދަންނަވާ ގައުމަށް ނަސްރު ލިބުނީ ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް