ads
މަސްދޯންޏެއް މޫދަށް ބާލަން ތައްޔާރު ވެފައި ފޮޓޯ މަސްވެރި އިހަވަންދޫ
އިހަވަންދޫން އަންނަ އަހަރު މުޅިން އަލަށް 23 ދޯނި މަސްވެރިކަމަށް ކަނޑަށް ނުކުންނާނެ
އަންނަ އަހަރު އިހަވަންދޫން މުޅިން އަލަށް 23 މަސް ދޯނި މަސްވެރިކަން ކުރުމަށް ކަނޑަށް ނުކުންނާނެ ކަމަށް އިހަވަންދޫ ކައުންސިލުން ބުނެފިއެވެ.
Advertisement

އިހަވަންދޫ ކައުންސިލްގެ ފަރާތުން އެރަށުގެ މަސްވެރިކަމާގުޅޭ ދާއިރާ ބަލަހައްޓަވާ ކައުންސިލަރު އަހްމަދު ރިލުވާން ސީ އެން އެމް އަށް ވިދާޅުވީ، މިހާރު 23 ދޯނީގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެދޯނިފަހަރު އަންނައަހަރު އެއްކޮށް ނިމި މަސްވެރިކަމަށް ނުކުންނާނެ ކަމަށެވެ. 

"މިހާރުވެސް އެދޯނިފަހަރުގެ މަސައްކަތް ކުރަމުންދަނީ. އަންނައަހަރު ހުރިހާ ދޯންޏެއް ކަނޑަށް ބާލާނެ" ކައުންސިލަރު ވިދާޅުވިއެވެ.

your imageއިހަވަންދޫ ބަޔަކު މަސްދޯންޏެއް ބަނުމުގައި ފޮޓޯ މަސްވެރި އިހަވަންދޫ

ކައުންސިލުން ބުނީ ގިނައަދަދެއްގެ މާވަޑިން ތިބޭ އިހަވަންދޫގައި އެހެން ރަށްރަށުގެ މީހުންގެ ދޯނިތައްވެސް ބަންނަމުން އަންނަކަމަށެވެ. އެހެންނަމަވެސް މިހާރު އެރަށުގައި ބަންނަމުންދާ 23 ދޯންޏަކީ އެރަށު މީހުންގެ ދޯނިތައްކަމަށް ކައުންސިލުން ބުނެއެވެ. 

އޮޑިވެރިން އެހާ ގިނައީ ކީއްވެގެންތޯ ސީއެންއެމް އިން ސުވާލުކުރުމުން ރިލްވާން ވިދާޅުވީ މިހާރު ބަންނަމުންދާ ދޯނިފަހަރުތަކުގެ ތެރޭގައި މަސްވެރިކަން ކުރާ އާއިލާތަކުން ބަންނަމުން އަންނަ ދޯނިފަހަރުވެސް ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވީ މަސްވެރިކަން ކުރާ މީހުންނަށް މަދުވެގެން މަހެއްގެ މައްޗަށް 25000 ރުފިޔާ ލިބޭކަމަށާއި، އެހެންވެ އާއިލާ މެންބަރުން ގުޅިގެން ދޯނިފަހަރު ބަންނަމުންދާ ކަމަށެވެ. 

your imageދޯންޏެއްގެ މަސައްކަތް ފަށާފައި ފޮޓޯ މަސްވެރި އިހަވަންދޫ 

"އެންމެ މަދުން ލިބޭ މަސްމަހުވެސް މަސްވެރިއަކަށް ފަންސަވީހަކަށް ހާސް ރުފިޔާ ލިބޭ . ދެން އާއިލާ މީހުން ގުޅިގެން ވެސް ދޯނިފަހަރު ބަނދޭ" ރިލްވާން ވިދާޅުވިއެވެ. 

ދާދިފަހުން އެރަށު މަސްވެރީންނަށް ވަނީ އިންޑިއާ މަސްވެރިން ރާއްޖޭގެ ސަރަހައްދުން ދާ ޖަހައިގެން މަސްނަގަނިކޮށް ފެނިފައެވެ.  އެމައްސަލަ އެމްއެންޑީއެފްއަށް ވެސް ރިޕޯޓް ކުރިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން ހަނާ މުހައްމަދު ސީއެންއެމްއަށް ވިދާޅުވީ އެބޯޓުގެ މައްސަލަގައި އެމްއެންޑީއެފް އަށް މައުލޫމާތު ލިބުމުން ކޯސްޓުގާޑް ފޮނުވި ކަމަށާއި، ފަހުން އޭގެ ހަބަރު ލިބިފައި ނުވާކަމަށެވެ. އަދި އޭނާ ވިދާޅުވީ މިހާރު ދެކެވެމުން ދަނީ އެކިފަހަރު މަތިން އައިސްފައިވާ ބޯޓުތަކެއްގެ ވާހަކަ ކަމަށާއި، އެހެންކަމުން އެދެކެވެނީ ކޮން ބޯޓެއްގެ ވާހަކައެއް ކަމެއް ނޭނގޭ ކަމަށެވެ. 

މަސްވެރިކަމުން އާމްދަނީ ހޯދާ ރަށެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އިހަވަންދޫ ކައުންސިލުން ބުނީ އެރަށުގެ މަސްވެރިންތަކަކަށް ދެ މަސްބޯޓެއް ދާ ޖަހައިގެން މަސްވެރިކަން ކުރަމުން ދިޔަތަން ފެށިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމަސް ބޯޓުތަކާ ކައިރި ކުރަން ނުކެރުނީ ބޯޓުގައި ހަތިޔާރު ހުރެދާނެ ކަމަށް ބަލާފައި ކަމަށް މަސްވެރިން ބުނެފައިވާ ކަމަށެވެ. 

"މަސްވެރިން ވަރަށް ދެރަވެގެން އައިސް ކައުންސިލްގައި އެވާހަކަ ދެއްކީ. ބުނީ ހަމަ ދާ އަޅައިގެން ހުރި ހުރިހާ އެއްޗެއް ނެގީކަމަށް،"  ރިލްވާން ވިދާޅުވިއެވެ. 

ރިލްވާން ވިދާޅުވީ މަސްވެރިން އެދުވަހު އެތާ ތިބެގެން އެމްއެންޑީއެފް އަށް ގުޅައި މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ މިހާރު ފިޝަރީޒް މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަ ކޮންމެވެސް ވަރަކަށް ކުރިއަށްދާ ކަމަށެވެ. 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް