ads
އިސްލާމީ މަރުކަޒަށް ކުޑަކަމު ދިޔަ މީހާ
ހަތިމަށް ކުޅުޖަހައި އިސްލާމީ މަރުކަޒަށް ކުޑަކަމުދިޔަ މީހާ 1 މަހާއި 19 ދުވަހަށް ޖަލަށް
މާލޭގެ މިސްކިތްތަކަށް ކުޑަކަމުގޮސް، ހަތިމަށް ކުޅު ޖެހި މީހާ އެއްމަހާއި 19 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
Advertisement

އިބްރާހިމް މިސްކިތަށް ވަދެ ހަތިމަށް ކުޅު ޖެހުމުގެ އިތުރުން މިދިއަ އޮކްޓޫބަރުމަހު އިސްލާމީ މަރުކަޒަށް ވަދެ ޖަމާއަތުގައި މީހުން ނަމާދު ކުރަންތިއްބާ ގިބްލައަށް ވާގޮތަށް ކުޑަކަމުގޮސްގެން ހުކުމް އިއްވީ މ. ޝޭޑީހޯމް، ހަސަން ޒިޔާދެވެ.

އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކުރީ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. އެފަހަރު އޭނާ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަސް ވަނީ ބަންދަށް ޖަހައިދީފަ އެވެ. އެފަހުން ހަމައެމަހުގެ 20 ވަނަ ދުވަހު އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް ފަސް ދުވަސް ޖަހައިފައެވެ.

ރައީސް އޮފީހާއި އިސްލާމީ މަރުކަޒު އަދި ހުކުރު މިސްކިތުގެ ތެރެއަށް ކުޑަކަމުދިޔަ މައްސަލައަކާ ގުޅިގެންވެސް ފުލުހުން ޒިޔާދު ހައްޔަރުކުރިއެވެ. ނަމަވެސް އޭނާ ވަނީ ފަހުން ބަންދުން ދޫކޮށްލައިފަ އެވެ. 

އިސްލާމީ މަރުކަޒުގައި ނަމާދު ކުރަމުންދިޔަ ވަގުތެއްގައި އެމިސްކިތައް ވަދެ ގިބުލައަށް ވާގޮތަށް އިމާމު ކުރިމައްޗަށް ކުޑަކަމު ދިޔުމުގެ އިތުރުން މީހުން ނަމާދަށް ތިބި ވަގުތުގައި ހުކުރު މިސްކިތަށް ވަދެ އެ މިސްކިތަށާއި، އަދި ރައީސް އޮފީހުގެ ބޭރަށް ވެސް އޭނާ ވަނީ ކުޑަކަމު ގޮސްފަ އެވެ. 

އެދުވަހު 10 ދުވަސް ޖެހުމަށްފަހު ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ. ފުލުހުން "ސީއެންއެމް"އަށް މީގެ ކުރިން ބުނީ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އަދި ބަންދުން ދޫކޮށްލީ 25ވަނަ ދުވަހު ކަމަށެވެ.

އޭނާ ދޫކޮށްލާފައި ހުއްޓާ އިތުރު މިސްކިތަކަށްވަދެ އެއަމަލު ވަނީ ތަކުރާރުކޮށްފައެވެ. އެފަހަރު އާއްމުން އޭނާއަށް ނަސޭހަތް ދީ އެތަނުން ފޮނުވާލާފައިވެއެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާވެސް އެހެން މިސްކިތަކަށްވަދެ އެތަނުގައި ހުރި ޤުރުއާން ފޮތްތަކުގެ ތެރެއިން މުއްސަފަކަށް ރަތްކުޅު ޖެހުމުން އެތަނުގައި ތިބި މީހުން އޭނާ ފުލުހުންނާއި ހަވާލުކުރީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް