ads
ހައިކޯޓު
ދައުވާ ކުރުމަކީ ހަމައެއް ލަމައެއްނެތި ހިތުހުރިހާ ގޮތަކަށް ކުރެވޭ ކަމެއްނޫން: ހައިކޯޓު
ދައުވާ ކުރުމާއި ދައުވާ ރައްދު ކުރުމަކީ، ހަމައެއް ލަމައެއް ނެތި ހިތުހުރިހާ ގޮތަކަށް ކުރެވެން އޮންނަ ކަމެއް ނޫން ކަމަށް ހައިކޯޓުން ބުނެފިއެވެ.

ހައިކޯޓުން މިހެންބުނެފައިވަނީ ރިހިވެލި މައްސަލާގައި ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ ހުކުމް އިއްވަމުންނެވެ. 

އަދި ދައުވާ ރައްދު ކުރުމުގައި އެ ފަރާތެއްގެ މަސްލަހަތާއި އެ ދައުވާއެއް ކުރުމުގެ ގާނޫނީ ހައިސިއްޔަތު އެ ފަރާތަކަށް ހަމަ ހަގީގަތުގައި ވެސް ލިބިފައިވޭތޯ ބަލަންޖެހޭނެ ކަމަށް އެހުކުމުގައި ވެއެވެ. 

ކޯޓުތަކުން ދައުވާ ބަލައިގަތުމުގައި ދައުވާ ކުރާ ފަރާތަކީ ދައުވާ ކުރުމުގެ މަސްލަހަތު އޮތުމުގެ އިތުރުން، އެ ދައުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ފަރާތެއްކަން ނުވަތަ ނޫންކަން ބަލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ މީގެ ކުރިން ކޮށްފައިވާ ހުކުމެއްގައިވެ އެވެ.

"ދައުވާކުރުމުގެ ހައިސިއްޔަތު ލިބިފައި ނުވާ ފަރާތަކުން ދައުވާކުރުމުގެ ނަތީޖާއަކަށް ވެގެން ދާނީ އެ ދައުވާ އަކީ ގާނޫނީ ގޮތުން ކުރެވޭނެ ދައުވާއެއް ނޫން ކަމުގައި ކަނޑައެޅިގެން ދިއުން ކަމަށް އަހުރެންނަށް ގަބޫލުކުރެވޭ،" ހައިކޯޓުން މިދިޔަ އަންގާރަ ދުވަހު ކޮށްފައިވާ ހުކުމުގައި ބުނެފައިވެއެވެ. 

 ރިހިވެލި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައިވެސް މައުގަނޑު ގޮތެއްގައި ބުނެފައިވަނީ ފްރާންސްގެ ކުންފުންޏަކީ އެމައްސަލައިގައި ދައުވާ ކުރުމުގެ ބާރުލިބިފައި އޮތް ކުންފުންޏެއް ނޫންކަމުގައެވެ.

ހައިކޯޓުން މިހެން ބުނެފައިވާ އިރު ރާއްޖޭގެ ބޮޑެތި މައްސަލަ ތަކުގައި ތުހުމަތުވާ މީހުން ދީވެފައި ހުރީ ދައުވާ ކުރާ ގޮތަކުން ނުވަތަ މައްސަލަ ތަހުގީގު ކުރުމުގެ މަރުހަލާގައި ގާނޫނުގައި އޮންނަ ގޮތްނޫން އެހެން ގޮތްގޮތަށް ކަންކަން ކުރުމުގައިއެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް