ހޮނިހިރު ދުވަހުގެ ހެނދުނު 08:30ން ހަވީރު 04:30ށް ފުލް ސެޝަންއަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސިމްޕޯޒިއަމްގައި މާލޭގެ ގިނަ ހޮސްޕިޓަލުތަކުގެ ޑޮކްޓަރުން ބައިވެރިވެ މައުލޫމާތު ހިއްސާކުރެއްވުމަށް ވަނީ ހަމަޖހިފައެވެ.
ޑޮކްޓަރުންގެ މެދުގައި މައުލޫމާތު ބަދަލުކޮށް ޑޮކްޓަރުން ފޯރުކޮށްދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަމާޒުކޮށް ބާއްވާ މި ސިމްޕޯޒިއަމް ކުރިއަށްދާ ވަގުތު، ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކަށް ލައިވްކޮށް ބްރޯޑްކާސްޓް ކުރުމަށް ވެސް ހަމަޖެހިފައި ވެއެވެ.