ޔޫރޯގައި ޑެންމާކާ ފިންލަންޑް ކުޅުނު މެޗުގެ ތެރޭގައި ހޭ ނެތިގެން ވެއްޓުނު އެރިކްސަންގެ ހިތުގެ ފަރުވާތަކަށް ފަހު ފުރަތަމަ ފަހަރަށް އޭނާ ތަމްރީންތަކުގައި ބައިވެރިވާން ފަށާފައިވަނީ އޭނާގެ ކުޑައިރުގެ ކްލަބާއެކުއެވެ.
އުމުރުން އޮނަތިރީސް އަހަރުގެ އެރިކްސަން އޭނާގެ ކުޑައިރުގެ ކްލަބާއެކު ފަރިތަކުރުންތައް މިއަދު ފަށާފައިވާއިރު އޭނާގެ ސިއްހީ ހާލަތުގެ ސަބަބުން އޭނާ ކުޅެމުން އައި އިޓަލީގެ އިންޓަމިލާނަށް ކުޅުމުގެ ފުރުސަތު އޭނާއަށްވަނީ ގެއްލިފައެވެ. އެއީ އިޓަލީގެ ސިއްހީ ޕްރޮޓޮކޯލްތަކާ ހުރެއެވެ.