ads
ކެޓްރީނާ ކައިފް އަދި ވިކީ ކައުޝަލް-
ވިކީ އާއި ކެޓްރީނާގެ ކައިވެނީގެ ފޮޓޯތައް ބޮޑު އަގުގައި މެގެޒިންއަކަށް ވިއްކަނީ
ވިކީ ކައުޝަލް އާއި ކެޓްރީނާގެ ކައިވެނީގެ އަޑު މިހާރު އަންނަނީ ގަދަވަމުންނެވެ. ކައިވެނި ކުރާނީ ކޮންތަނަކު ކަމާއި ކައިވެނީގެ ހަފްލާއަށް ދައުވަތް ދިން މީހުންްގެ މައުލޫމާތުތައް ވެސް މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.

އެއީ ދައްކާ ދޮގު ވާހަކަތަކެއް ކަމަށް ތަކުރާރުކޮށް ބައެއް މީހުން ބުނަމުންދިޔަ ނަމަވެސް ބޭރުގެ މީޑިއާތަކުން މިއަޑު ކަނޑައިގެންނެެއް ނުދިއައެވެ. އެގޮތުން ކެޓްރީނާ އާއި ވިކީގެ ކައިވެންޏަކީ ހަމައެކަނިި އާއިލާ މީހުންނާއި ގާތް އެކުވެރިންނަށް ހުޅުވާލައިގެން ކުރިއަށްދާ ހަފްލާއެއް ކަމަށް ހާމަވެފައިވެއެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި އެގޮތަށް ނިންމާފައިވަނީ ކެޓްރީނާ އާއި ވިކީ ވަނީ އެމީހުންގެ ކައިވެނީގެ ފޮޓޯތައް އިންޓަނޭޝަނަލް މެގެޒިންއެއްގެ އިންޑިއާ އެޑިޝަނަށް ވިއްކަން ނިންމާފައި ވުމުންނެވެ. 

މީގެ ކުރިންވެސް މީޑިއާތަކަށް ނުވަދެވޭ ގޮތަށް ކުރިއަށް ގެންދިޔަ ބައެއް ތަރިންގެ ކައިވެނީގެ ފޮޓޯތަކުގެ ރައިޓްސް މެގެޒިންތަކަށް ބޮޑު އަގުގައި ވިއްކާލާފައިވެއެވެ.

އެގޮތުން ދާދި ފަހުން މަޝްހޫރު ލަވަކިޔުންތެރިއާ ނިކް ޖޯނަސް އާއި ކަވެނިކުރި ބޮލީވުޑް ތަރި ޕްރިޔަންކާ ޗޯޕްރާގެ ކައިވެނީގެ ފޮޓޯތަކުގެ ރައިޓްސް ވެސް ވަނީ މެެގެޒިންއަކަށް ވިއްކާލާފައެވެ.

your imageޕްރިޔަންކާ އަދި ނިކް ޖޯނަސްގެ ކައިވެނީގެ ފޮޓޯތައް-

ޕްރިޔަންކާ އަދި ނިކް ޖޯނަސްގެ ކައިވެނީގެ ފޮޓޯތަކުގެ ރައިޓްސް "ޕީޕަލްސް މެގެޒިން"އަށް ވިއްކާލާފައިވަނީ 2.5 މިލިއަން ޑޮލަރަށެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް