
ނަމަވެސް ފިލުމް ޝޫޓިން ނިންމާ ސިނާމާތަކުގައި އަޅުވަން ތައްޔާރުވެފައި ވަނިކޮށް އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެ ސިނާމާތައް ބަންދުކުރުމުން މި ފިލްމު އޮތީ ރިލީޒް ކުރުން މަޑު ޖައްސާލާފައެވެ.
މަހަރަޝްތްރާގެ ސިނާމާތައް މިދިޔަ އޮކްޓޯބަރު 22 ގައި ހުޅުވާލާނެކަން ޗީފް މިނިސްޓަރު އުދަވް އިއުލާންކުރުމާ އެކު ރޯހިތު ވަނީ ދިވާލީ އާ ދިމާކޮށް ސިނަމާގައި ފިލުމު އަޅުވާނެކަން އިއުލާންކޮށްފައެވެ.
މި ފިލުމު ސިނަމާއަށް ދޫކޮށްލީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ. މަސައްކަތް ނިމިފައި އޮންނަތާ ދެ އަހަރު ވީ ނަމަވެސް އޮންލައިން ޕްލެޓް ފޯމެއްގައި ރިލީޒްނުކުރަންވެގެން ސިނަމާތައް ހުޅުވަންދެން ލަސްކުރި މި ފިލްމް ވަނީ ސިނަމާގައި އެޅުވިތާ އެއް ދުވަސްތެރޭ ލީކުވެފައެވެ.
މި ފިލުމު ''ޓެމިލް ރޮކާސް''، ''ޓޮރެންޓްސް''، ''މޫވިއާރޫލްޒް''، ''ޓެލިގުރާމު'' ގެ އިތުރުން އެހެނިހެން ވެސް ސައިޓުތަކުން ފްރީކޮށް ޑައުންލޯޑު ކުރެވެއެވެ.
ފިލުމު އޮންލައިންކޮށް ލީކުވުމާއެކު، މި ފިލުމަށް ބޮކްސް އޮފީހުގައި ލިބޭ އާމްދަނީ މަދުވެގެންދާނެ ކަމެއް ކަމަށް ގަބޫލުކުރެވުނު ނަމަވެސް ފިލްމް ވެގެންދިޔައީ ތިއޭޓަރުތަކުގައިވެސް ހިޓަކަށެވެ.
އެގޮތުން ފިލްމު ރިލީޒްކުރިތާ ފަސް ދުވަސް ތެރޭ ފިލްމަށް 100 ކުރޯޑް ލިބި އެ ފިލްމު ވަނީ ބޮލީވުޑް ބޮކްސް އޮފީހުގެ 100 ކުރޯޑް ލިބޭ ލިސްޓުން ޖާގަ ހޯދާފައެވެ.
މިހާރު މި ފިލްމް ވަނީ ނެޓްފިލިކްސްގައި ވެސް ދައްކަން ފަށާފައެވެ. ނެޓްފްލިކްސްއަށް މި ފިލްމް ލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ތިއޭޓަރުތަކުގައި ދައްކާ، 190 ކަރޯޑް ހޯދުމަށް ފަހު އެވެ.
އެ ފިލްމަކީ ކުށުގެ ވެށި ހަމައަކަށް އަޅުވައި، ކުށްވެރިިންނަށް އަދަބުދޭން ފުލުހަކު ކުރާ ހިތްވަރު ދައްކުވައިދޭ ފިލްމެކެވެ.
މި ފިލުމުގެ ލީޑު ރޯލުން އަކްޝޭ ކުމާރުގެ އިތުރުން ފެނިގެން ދާނީ ކެޓްރީނާ ކެއިފްއެވެ. މީގެ އިތުރުން ސިންގަމްގެ ކެރެކްޓާއިން އަޖޭ ދޭވްގަން އާއި ސިމްބާގެ ކެރެކްޓާއިން ރަންވީރު ސިންގް ފެނިގެންދެއެވެ.