ads
ރައީސް ޔާމީން : ޖަލްސާގައި ވާހަކަ ދައްކަވަނީ
ހޯހޯއެވެ. ސަރުކާރު ގުޑުވައެއް ނުލެވޭނެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ކުޑަކޮށް ފިނިކޮށް އޮތުމަށް ފަހު އަނެއްކާވެސް މިވަނީ ހަލަބޮލިވާން އުޅޭކަމުގެ ކޮޅުމަތި ފެންނަން ފަށާފައެވެ. ވެރިކަމުގައި އޮތީ އިއްތިހާދުގެ ސަރުކާރެކެވެ. ނިސްބަތް ވަނީ ޖޭޕީ، އަދާލަތު، އެމްއާރްއެމް އަދި މައި ޕާޓީ އެމްޑީޕީއެވެ. ގާތްގަނޑަކަށް ދެ އަހަރު ޖިނާއީ ހުކުމެއްގައި ހުރުމަށް ފަހު ކުރިން ވެރިކަން ކުރެއްވި ރައީސް ޔާމިން ރޭ ވަނީ އާންމު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވާފައެވެ.
Advertisement

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއްގައި ހުރެމެ، އެއްވެސް ސިޔާސީ މަސައްކަތެއް އެކްޓިވްކޮށް ނޫޅުއްވަ އެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކަށް ރީޗާޖް ކޮށްލިކަން ރޭގެ ޖަލްސާގައި އަމިއްލައަށް އިއުތިރާފް ވެއްޖެއެވެ. އެދުރުބެ ދިޔައީ ފަޅުވެރިންނަށް ލައިދެމުންނެވެ. ވާހަކައިން ޔަގީންވަނީ އެ ރޭ ގެ އިވެންޓަކީ 2023 ގެ ކެމްޕެއިން އިވެންޓެއްކަމެވެ.

އަޑުއެހީމުތޯއެވެ. ސަރުކާރަށް ވަޓިވަޓިއަށް ދީފިއެވެ. ނޯށުން ރޮއްވާލިއެވެ. ލަދެއް ހުރި ބަޔަކު މަގުމައްޗަށް ނުނުކުންނަ ވަރު ކޮށްލިއެވެ. އެހެން ނަމަވެސް މިކަމުގައި އަޅުގަނޑަށް ފެނުނު އެންމެ މަޖާ ތަންކޮޅަކީ، ސަރުކާރަށް ބަޔަކު ކަމެއް ކުރިހެން ހީވެސްނުވެ އެވެ. ހާހެއްހާ މީހުން ތަނެއްގަ ތިބެގެން ހޯއް ގޮވާހެން ހަމަ ހީވެސް ނުވެއެވެ.

ސަރުކާރުން ރައްދު ދޭނެ ކިތަންމެ ހަމަލާއެއް ފޮނުވާލިއެވެ. އެންމެ ފަހުން ގޮސް މިތާނގައި އިންޑިއާގެ ބޫޓު ޖޯޑެއްހާ މިންވަރު ވެސް ނުބާއްވާނަމޭ ބުނެފިއެވެ. ކުރުކޮށް އަލިއަޅުވާލާނަމެވެ.

" އަޅުގަނޑުމެންގެ އަމަން ބަލަހައްޓާކަށް މިތާ އިންޑިއާ ސިފައިން ތިބޭކަށް ނުޖެހޭ. އެއީ މިސަރުކާރުގެ ހިޔާނާތްތެރި ރޭވުން. އަނެއްކާވެސް އަޅުގަނޑު ޖަލަށް ގެންދަވާ. އެހެން ނަމަވެސް މިއަދު ރަސްމީކޮށް އަޅުގަނޑު މިބުނަނީ. ކުރީގަ އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން ދުނިޔެއަށް ދެއްވާފައި އޮންނަ ވާހަކައަކީ، މިއީ ވަކި ފެންވަރެއްގެ ބަޔަކު ދައްކާ ވާހަކައެކޭ. ނޫން، މިއީ ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިކަމަށް އިސް ނެގީ ރައީސް ޔާމީން. އިންޑިއާގެ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަން. އިންޑިއާ އަސްކަރިއްޔާއަކަށް ރާއްޖެއަކު ޖާގައެއް ނެތް. މިހާރު ރަސްމީކޮށް އަޅުގަނޑު މި ދަންނަވަނީ، ކުރީގަ ރައީސް ކަންކޮށްފަ ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު މި ދަންނަވަނީ، ޕީޕީއެމް، ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން މި ދަންނަވަނީ، އެތައް ހާސް ރައްޔިތުންނެއް ތަމްސީލު ކުރާ ލީޑަރެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، އަޅުގަނޑުމެންނެއް ބޭނުމެއް ނުވޭ އިންޑިއާ މިލިޓަރީގެ އެންމެ މީހަކުވެސް، އެންމެ ބޫޓު ޖޯޑެއް ވެސް އަޅުގަނޑުމެންގެ ފަސްގަނޑުގައި ހުންނާކަށް ބޭނުމެއް ނުވޭ " މިއީ ދިވެހިރާއްޖޭގައި ރައީސްކަން ކޮށްފައިވާ މީހަކު ދައްކަން ހެޔޮވާ ވަރުގެ ވާހަކައެއް ބާވައޭ އަޅުގަނޑު ހިތަށް އެރިއެވެ.

ދެން އޮތީ އަނެއް ވާހަކަ އެވެ. ދެ އަހަރުގައި ނަމަވެސް ރައީސްކަން ކޮށްފައި ހުރި ބޭފުޅަކު ދެއްކި ނިކަން ބުއްދިވެރި ވާހަކައެއް ހިތަށް އެރިއެވެ.

މިއީ ދެ އަހަރުގެ ތެރޭގައި ބޭއްވި މިވަރުގެ ފުރަތަމަ ޖަލްސާއެވެ. އެގޮވާލީ އަވަހަށް ވެރިކަމާއި ހަވާލުވާށެވެ. އަމިއްލަ އެދުން ބޮޑުވިޔަސް ހައްދެއް އޮންނަން ވާނެ އެވެ. ގާނޫނީ ގޮތުން އުފެދިފައި އޮންނަ ސަރުކާރެއް ބަދަލު ކޮށްލަން ގޮވިގެން ނުވާނެއެވެ. އަދި ރާއްޖޭގެ ރައްޔިތުން މިތިބި އެފަދަ ކަމެއް ތަހައްމަލު ކޮށްގެންނެވެ. ލިބުނު ހަމަޖެހުމަކީ ފަހެ ކޮބައިބާވައެވެ. ހަމަނުޖެހުމާއި ދޭދޭ ފަރުދުންގެ އަމިއްލަ ގުޅުން ހިނަރުވިތަން ނޫން އެހެން ކަމެއް ފެނުނު ބާވަ އެވެ. ރައީސް ވަހީދު ވިދާޅުވީ މިހެންނެވެ.

" ވެރިކަން ކުރައްވަން ވާނީ ދުރުވިސްނޭ ސިޔާސަތެއް އޮންނަ ބޭފުޅެއް ކަމަށެވެ. ރައީސް ޔާމީނަކީ އެފަދަ ވެރިއެއް ކަމަށާއި، އެމަނިކުފާނު ނަމޫނާއަކަށް ބެއްލެވީ ތަރައްގީވެފައިވާ ގައުމުތައް ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވި ބިޔަ މަޝްރޫއުތައް ވަށައިގެން ފެންނަމުންދާ ކަމަށެވެ. އެހެން ނަމަވެސް މިއަދު ފެންނަނީ އެހެން މަންޒަރެއް ކަމަށެވެ. ފަހަތު ފަޔަށް ބުރެވެފައިވާތަން މިހާރު ފެންނަމުންދާ ކަމަށާއި، ދިވެހިންގެ ގޮތަކީ ކަމަކަށް ކުރިމަތިލައިފި ނަމަ އެކަމެއް ނިމެންދެން ކެރިގެން ތިބުން ކަމަށެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ކަންނެތް ކަމާއި ފަރުވާ ކުޑަވުން ކަމަށާއި، ވެރިކަމާ ހަވާލުވާން ވާނީ ވެރިކަން ކުރެވޭ ތަސައްވުރެއް އޮންނަ ބޭފުޅުން ކަމަށެވެ. 20 އަހަރު ފަހުން ރާއްޖެ އޮންނާނެ ގޮތުގެ ތަސައްވުރެއް ނެތި ވެރިކަން ނުކުރެވޭނެ ކަމަށެވެ. މިހާރު ރާއްޖޭގެ މުސްތަގްބަލް އޮންނަ ގޮތުގެ ވާހަކަ ދައްކާ މީހަކު ނުފެންނަ ކަމަށް ވަހީދު ވިދާޅުވި އެވެ. އެހެންކަމުން ޕީޕީއެމްއިން ސަރުކާރާ ހަވާލުވާން ޖެހޭ ކަމަށެވެ."

ކެތްކޮށްލާށެވެ. އަދި އެމަންޒަރެއް ފެންނަމުން ނުދެ އެވެ. ސަރުކާރަށް ކުޑަވެސް ލޮޅުމެއް ނާދެއެވެ. ބިރެއްވެސް ނުގަނެއެވެ. ހަމައެކަނި ޔަގީންވެގެން ދިޔަ ކަމަކީ ރާއްޖޭގައި މިނިވަން ކަމާއިއެކު އިދިކޮޅު މީހުން ހިޔާލުފާޅު ކުރުމުގެ ފުރުސަތު ދީފިކަމެވެ. ކަރުނަ ގޭހާއި ކަރަންޓު މުގުރުން ނުހުއްޓުވާކަމެވެ. 

ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތި ވެރިކަން ނުކުރެވޭނެކަން ސަރުކާރުން ދަނެ އެވެ. ކިތަންމެ ބިރެއް ދެއްކިޔަސް ސަރުކާރު އޮތީ ބަދަހިކަމާއި އެކު ވަރުގަދަކޮށެވެ. ހޯހޯއެވެ. ގުޑުގުޑެއް ނޭޅޭނެއެވެ.

76%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް