ads
ސަމީރުގެ ރައްދު ޔާމިނަށް: ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތް
މުސްތަގިއްލު ވެރިކަމެއް ނުކުރެވޭނަމަ ރައީސުލްޖުމްހޫރިޔާ އިސްތިއުފާ ދެއްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލުމުން ރައީސް އޮފީހުގެ މިނިސްޓަރު، އަހްމަދު ސަމީރު އެކަމަށް ރައްދުދެއްވައިފި އެވެ.
Advertisement

މި ސަރުކާރުން އިންޑިއާ ސިފައިންގެ މައްޗަށް ގައުމު ހަވާލުކޮށްފައިވާކަމަށް ދޭހަވާ މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި ގައުމުގައި މިހާރު ނިދަންދާންޖެހެނީ އަމަނުގެ ދެ ތަޅުދަނޑި އިންޑިއާގެ ސިފައިންނާއި ހާވާލުކޮށްފައި ކަމަށެވެ.

އެގޮތުން ރާއްޖޭގައި އަމަނެއް ނޯންނާނެކަން ފާހަގަކުރަމުން ރައީސް ޔާމީން ވިދާޅުވީ، އެފަދަ "ޑައިކޮޓަމީއެއް"، އަދި ދެފުއްދެގޮތްކަމެއް އެއްވެސް ގައުމެއްގެ ވެރިކަމެއްގައި ނޯންނާނެ ކަމަށާއި، ވެރިކަން މުސްތަގިލުގޮތުގައި ނުކުރެވޭނަމަ ވެރިކަމުން ފައިބާންވީ ކަމަށެވެ.

މިކަމަށް ރައްދުދެއްވާ، މިނިސްޓަރު ސަމީރު ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ، ރައީސް ޔާމީން އެފަދަ ވާހަކަތައް ދައްކަވާއިރު ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް ކަމަށެވެ.

ވެރިކަމުގެ ބާރުގައި ހުރިއިރު ޖަރީމާ ވެރިކަން ކުރެއްވި އަނިޔާވެރި ގޮތްތައް ރައީސް ޔާމީން މިހާރު ހަނދާން ނެތިއްޖެކަން ފާހަގަކުރަމުން ސަމީރު ވިދާޅުވީ، ބުއްދި ސަލާމަތުން ހުރުމަކީ ވެރިކަމަށް ކުރިމަތި ލުމުގެ ސަރުތެއް ކަމަށެވެ.


ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ވެރިކަމުގެ ތިން އަހަރު މި ސަރުކާރުން ނިންމާލިއިރު، އިވެނީ ޒުވާނުން ކުނިގޮނޑު ހޮވައިގެން ކާ ވާހަކަ ކަމަށާއި، ރައީސް ޔާމީންގެ ވެރިކަމުގައި އެއްލައްކަ ހާސް “ބްރޭންޑް ނިއު” ވަޒީފާތައް ޒުވާނުންނަށްޓަކައި އުފެއްދާދިން ކަމަށެވެ.

ކޮވިޑްގެ ހާލަތުގައިވެސް ސަރުކާރުން ނުހައްގުން ރައްޔިތުން ޖޫރިމަނާކޮށް ރައްޔިތުންގެ ފައިސާއަކީ ސަރުކާރަށް ލިބުނު ފައިސާގެ ގޮތުގައި ދައްކާ ކަމުގެ ތުހުމަތުވެސް ރައީސް ޔާމީން ވަނީ ކުރައްވާފައެވެ.

އަދި ނަސްރުގެ ދުވަހެއް ނިމިގެންދިޔައީ ފާހަގަނުކުރާ ރާއްޖެއަށް މުހިންމު ނޫން ދުވަހެއްގެ ގޮތުގައިކަން ފާހަގަކުރައްވާ ވިދާޅުވީ އެމަނިކުފާނުގެ ބޭބެ، ކުރީގެ ރައީސް މައުމޫންއަށްވެސް އެއީ ބޮޑުކަމަކަށް ނުވި ކަމަށެވެ.

ސަރުކާރުގެ ތިން އަހަރު ނިމިގެންދިޔައިރު ދައުލަތުގެ ހަޒާނާއިން ލާރިނެގުން ނޫންކަމެއް އަދި ކުރީގެ މަޝްރޫއުތަކުގެ ރިބަން ކެނޑުން ނޫންކަމެއް ސަރުކާރުން ނުކުރާކަމަށް ބުނެވެސް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

23%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
46%
ވަރަށް ސަލާމް
ކޮމެންޓްސް