ads
ސާލިމް (ހުދު ގަމީހުގައި) : ފޮޓޯ މިހާރު
ރާއްޖޭގައި ހުރީ ގަވާއިދާ ހިލާފަށް, އަތް ދޮވެލީ ދިވެއްސެއްގެ ލެއިން
ބިދޭސީން ރާއްޖޭގައި އުޅޭ އުޅުމާއި، ކުރާ ކަންކަމަކީ ހާމައަށް ފެންނަން ހުރި ކަންކަމެވެ. މަސްތުވާތަކެއްޗާއި، މާރާމާރީ އާއި، ވައްކަމާއި، ފޭރުމާއި، މީހުން މެރުމާއި، ޑޮލަރުގެ ވަގު ވިޔަފާރިއާއި ޓްރެފިކް މައްސަލަ ތަކަކީވެސް ފާޅުގައި ހިންގާ ކަންކަމެވެ. ދާދި ފަހުން އދ ދނގެތީގަި ހިނގާދިޔަ ހިތާމަވެރި މަރުގެ ހާދިސާ އަކީ މީގެތެރެއިން ތާރީހަށް ދޫވެގެންދާ އެއް ހާދިސާއެވެ.

ގާތްގަނޑަކަށް 260,000 ބިދޭސީން ރާއްޖޭގައި އުޅޭކަމަށާއި އެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް ބުނީ ދިވެހި ސިފައިންނެވެ. އެކަންބޮޑުވުން އާންމުންގެ ތެރޭގައި އިންތިހާއަށް އެބައޮތެވެ.

 ސިފައިން އެބުނާ ކަންބޮޑުވުން ނިމެނީ ކޮން ހިސާބަކުން ހެއްޔެވެ؟ އެކަމަށް ހައްލު އަންނަނީ ކޮން ހިސާބަކުން ހެއްޔެވެ. ބޮޑެތި ޒަޚަމްތަކަކަށް ފަހު ނިމިގެން އެދިޔައީ ވެސް ދިވެއްސެކެވެ. ކުށެއް ނެތް ދިވެއްސެކެވެ. ބަންގްލަދޭޝް މީހެއްގެ ވަޅީގެ މިޔައިގެ ޝިކާރައަކަށް ވެގެންނެވެ. އދ. ދަނގެތީގައި ވިޔަފާރި ކުރަމުންދިޔަ އުމުރުން 57 އަަހަރުގެ މަހުމޫދު އަބޫބަކުރު އެވެ.

މަހުމޫދު އޮތީ މަރާލުމަށް ފަހު ގޯންޏަކަށްލާ ވަޅެއްގެ ތެރެއަށް އެއްލާލައިފަ އެވެ. މަހްމޫދު އެގޮތަށް ފެނުމުން ކައުންސިލުން އޭރު މަޑުކުރީ ފޮރެންސިކް ފުލުހުންގެ ޓީމެއް އެ ރަށަށް އާދެވެން ދެނެއެވެ. ފޮރިންސިކް ޓީމު އެރަށަށް ގޮސް ހަށިގަނޑު ގޯނިން ނަގާ ތަހުލީލްތައް ކުރިއެވެ. 

މަހްމޫދުގެ ބޮލަށާއި ކަރަށް ވަޅިން އެތައް ފަހަރަކު ހަމަލާދީފައި ވެއެވެ. ހަށިގަނޑުގެ އެކި ތަންތަނަށް 30 ފަހަރަށް ހަމަލާ ދީފައިވާއިރު، ކަރުގެ ސީދާ ނޭވާ ހޮޅިއަށް ވެސް ވަނީ ވަޅި ހަރާފައި ވެއެވެ. ރަހުމު ކުޑަގޮތަކަށް މަރާލުމަށް ފަހު މަހްމޫދުގެ ހަށިގަނޑު ފޮރުވުމަށް ވަޅަށް އެކޮޅުކޮޅުން އެއްލާލާފައި ވަނީވެސް ފައި ގޯންޏަކުން ބަދެ، ބޯވެސް ގޯންޏަކުން ބަދެފައެވެ. ވަޅު ކައިރީގައި ވެސް އަދި މުޅި އެ ސަރަހައްދުގައި ވެސް ހުރީ ލެއެވެ.
މަހުމޫދުގެ މަރުގެ މައްސަލާގައި ފުރަތަމަ ހައްޔަރު ކުރީ ވެސް ކަމާ ގުޅުން ނެތް ބައެކެވެ. މަހުމޫދު މަރާލި މީހާ ހުރީ ފިލައެވެ. މަހުމޫދު ނުފެނި ލަސްވެގެން ނުކުތީ ރަށުގެ ގްރޫފް ތަކުންނެވެ. ކުރީރޭ އޮތް ފުޓްބޯޅަ މެޗް ބެލުމަށް ނުކުތް ގޮތަށް މަހުމޫދު ފެނިފައި ނުވާތީ އެވެ. މަހުމޫދު ފެނުނު އިރު އޮތީ އެއްވެސް ބަޔަކު އުއްމީދު ކުރި ގޮތަކަށެއް ނޫނެވެ. އެއަށްވުރެ ހިތްދަތި ގޮތަކަށެވެ. ދެން ޖެހުނީ މައްސަލައިގެ ފުނަށް ފީނާށެވެ. ފުލުހުން އިހަކަށް ދުވަހު އެހާމަކުރީ، އެއީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީއެއް ކަމެވެ.
 

މަރުގެ މައްސަލަ ނޫނެއް ކަމަކު ބައިވަރު މައްސަލަތައް ހުރެއެވެ. ތިލަ ނުވެ ކިތައް މައްސަލަ ހުރެދާނެ ހެއްޔެވެ. މަސްތުވާތަކެތީގެ މައްސަލައެވެ. ކުޑަކުދީންނާ ބެހުމުގެ މައްސަލައެވެ. މާރާމާރީ އާ ފޭރުމުގެ މައްސަލައެވެ. ފުލުހުންނާ ހަމައަށް މައްސަލައެއް ދަނީ ވަރަށް ވަރު ވީމައެވެ. 

ހުކުރު ދުވަހުގެ ރޭ ޕީޕީއެމްއިން ޖަލްސާއެއް ބޭއްވިއެވެ. ރައީސް ޔާމީން މިނިވަން ވުމާއެކު ޔާމީނަށް މަރުހަބާ ކިއުމަށެވެ. ރައީސް ޔާމީންގެ އެންމެ މުހިއްމު ވާހަކަ އަކަށްވީ "އިންޑިޔާ އައުޓް" ވާހަކައެވެ. އިންޑިޔާ މިލިޓަރީ މިތާގައި ގާއިމްވެ އޮތުމުގެ ނުރައްކަލުގެ ވާހަކައެވެ. ހަމަ އެބާރު މިނުގައި ވާންކޮށް ދައްކަން ސަރުކާރަށް އެންމެ މުހިއްމު ވާހަކައަކީ "އިންޑިޔާ އިން" ވާހަކައެވެ. އިންޑިއާ މީހުން މިރާއްޖޭގައި ބޭތިއްބުމުގެ މުހިއްމުކަމުގެ ވާހަކައެވެ. އިންޑިއާ މިލިޓަރީ މިތާ އޮތުމުގެ މުހިއްމުކަމުގެ ވާހަކައެވެ. އަޖައިބެކެވެ. މިއީ ދެ ގައުމަކަށް ނިސްބަތްވާ ބައެއް ހެއްޔެވެ؟ މިހާބޮޑު ފަރަގެއް ވިސްނުމުގައި ހުންނަންވީ ކީއްވެގެން ހެއްޔެވެ. ކިހާ ބާރުގަދަ އަތެއްގެ ދަށުވެފައި އޮތީހެއްޔެވެ؟ 

މޮޅުކަމަކީ ރައްޔިތުން ކޮންމެ ދުވަހަކުހެން ކުރިމަތިލާން ޖެހޭ މުހިއްމު އިޖްތިމާއީ މައްސަލަތަކަށް ހިޔަނިއެޅި ފޮރުވިފައިވާ ކަމެވެ. 

މިސަރުކާރު ވެސް ވެރިކަމަށް އައުމަށްޓަކައި ބިދޭސީންގެ ކަންކަން ހައްލު ކުރާނެ ވާހަކަ ދެއްކިއެވެ. އެއަޑު ބޮނޑު ނަގުލަށް ގޮސް ދައުރުގެ ނަގޫކޮޅަށް ދާވަރަކަށް ދަނީ ފަނޑުވަމުންނެވެ. ހަމަ އިދިކޮޅުން ވެސް އެފަދަ އެވެ. އެވާހަކަތައް ދައްކާލެއް މަދެވެ. 

your imageގަވާއިދާ ހިލާފަށް ވިޔަފާރި ކުރަނީ--

ބިދޭސީންގެ ކަންކަމަކީ ހައްލެއް ނެތި ހިނގަމުން އަންނަ ބޮޑެތި އިޖްތިމާއީ މައްސަލަތަކެކެވެ. ނުހުއްޓި މިވާހަކަތައް ދައްކަނީ ވަރަށް މަދު ބައެކެވެ. އާންމުންގެ ތެރެއިން ވެސް މަދު ބައެކެވެ. ދިރިއުޅެންޖެހޭ ގޮތުން ވަގުތު ނެތުމީވެސް ހަމަ އެކަށީގެންވާ ކަމެކެވެ.

ހަގީގަތުގައި މައްސަލައަކީ ބިދޭސީން މިރާއްޖޭގައި އުޅުމެއް ނޫނެވެ. ގަވާއިދާ ހިލާފަށް އުޅުމެވެ. ގައުމެއް ބިނާކުރަން މީހުން ބޭނުންވާނެއެވެ. މަސައްކަތް ކުރާ ޖަމާއަތެއް އޮންނަން ޖެހޭނެއެވެ. ނަމަވެސް ދެރަކަމަކީ މިވަރަށް މީހުން ތިބުމުން މިގައުމަށް ވަނީ ގެއްލުންތޯ ނުވަތަ ކުރަނީ ފައިދާ ތޯ ވެސް ބަލާލެވިފައި ނުވާކަމެވެ. އެނގޭ ކަމަކީ އެމީހުންގެ ސަބަބުން އިޖްތިމާއީ ބޮޑެތި މައްސަލަތައް ކޮންމެ ދުވަހަކުހެން ފެންނަމުންދާ ކަމެވެ. 

your imageބިދޭސީން- ފޮޓޯ: ސޯޝަލްމީޑިއާ

ތިރީހަކަށް އަހަރުގެ ދިގު މާޒީއެއް އޮތް މިމައްސަލައަށް ހައްލެއް އެއްވެސް ސަރުކާރަކުން ގެނެވިފައިނުވަނީ އަޅާނުލާތީ އެވެ. އެނޫން ހަމަ އެހެން އެއްވެސް ކަމެއް ނޫނެވެ. 

ބަންގްލަދޭޝް މީހުންގެ ފަރާތުން ފެންނަ ކުދިކުދި މައްސަލަތަކުން ފެށިގެން އައިސް މިއަދު މިފެންނަ ބިޔަ މައްސަލަތަކާ ހަމައަށް އައިސްފައިވަނީ އެގައުމުގެ މީހުން މިރާއްޖޭގައި އިތުރުވަމުން އައި މިންވަރާއި، ދިގު ތާރީހުގެ ސަބަބުންނެވެ. ސިމެންތި ޖަހަން އައިމީހާ ސިމެންތި ޖަހައިގެން ފައިދާތަކެއް ގައުމަށް ލިބިފައި ހުރެދާނެއެވެ. އެހެން ނަމަވެސް އެ ވިޔަފާރީގެ ކޮންޓްރޯލު ނަގައި އެމީހުންގެ އަމުރުވެރި ކަމުގެ ދަށުގައި މިރާއްޖެ އޮންނަން ޖެހުމުން އެދާއިރާގެ އަޅުންނަށް ދިވެހީން މިވަނީ ވެފައެވެ.

އެކަންކަން އެހެން އޮވެމެ، ޖިނާއީ ކުށްތަކުގެ ހާއްޔަކަށް ދިވެހި ބިން ވެގެން ދިޔައިރު އޭގެ ބޮޑުބައި ހިއްސާ ކުރަމުން މިއަންނަނީ އެބައި މީހުންނެވެ. އެކަން އިއުލާނުކޮށް ނޫސްކޮންފަރެންސް ބާއްވަން އެތިބީ ދިވެހި ފުލުހުންނެވެ. 

ކޮވިޑް ފެތުރޭތީ އަތް ދޮވުމާއި، މާސްކް އަޅަން ކެނޑި ނޭޅި އަންގަމުން އެދަނީ ސަރުކާރުންނެވެ. ފަރުދީ ޒިންމާ އުފުލަން އެދެނީ ވެސް ސަރުކާރުންނެވެ. ދިވެއްސެއް މަރާލުމަށް ފަހު އޭނާގެ ލެއިން އަތްދޮވެލި ބަންގަލަދޭޝް މީހާ އެ ދައްކުވައިދިނީ ދިވެހި ވެއްޓަށް އެމީހުންގެ ޖިނާއީ ކުށްތައް ދޯޅަ ކުރުވާފައިވާ މިންވަރެވެ. މިފަދަ ކުށްކޮށް މާސްކު އަޅައި ފޮރުވިގެން އަދި ކިތައް ބަޔަކު ތިބޭނެހެއްޔެވެ؟ 

93%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް