ads
އަލީ އާއި ޖޭސްމީން ގޭގަައި ނަގާފައިވާ ފޮޓޯ——
އަލީ އާއި ޖޭސްމީން ކައިވެނިކުރަނީ
އަލީ ގޯނީ އަދި ޖޭސްމިން ބާޝިންގެ ލޯބި ވާހަކައަކީ ގިނަ ބަޔަކު ދައްކަމުން އަންނަ ވާހަކަ އެވެ. ކަލާސް އިން ދެއްކި ބިގްބޮސް އިން ގިނަ ބައެެއްގެ ސަމާލުކަން ހޯދި މި ދެތަރިންގެ ގުޅުން މިހާރު ސިއްރެއް ނޫނެވެ. އެކަކު އަނެކަކަށް އޮތް ލޯބި އަންނަނީ ދައްކަމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަލީ އާއި ޖޭސްމީން ވަރަށް އަވަހަށް ކައިވެނި ވެސް ކުރާނެ އެވެ. މީޑިއާ ރިޕޯޓުތައް މިހެން ބުނަމުންދަނީ މިފަހުން ޖޭސްމީން ގެއެެއް ގަނެފައިވަނިކޮށެވެ.

އެ ގޭގައި އަލީ އާއި ޖޭސްމިން ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް އަލީ ވަނީ ޖޭސްމީންއަށް މަރުހަބާ ކިޔާފައެވެ. އަދި އެ ގެ ގަތުމަށް ޖޭސްމީން ވަރަށް ބުރަކޮށް މަސައްކަތް ކުރިކަމަށާއި އެކަމަށް ފަހުރުވެރިވާ ކަމަށް އަލީ ބުނެފައިވެެއެވެ.

އެ ޕޯސްޓަށް ކޮމެންޓުކޮށް ޖޭސްމީން ބުނެފައިވަނީ އެ ގެއަކީ ދެ މީހުންގެ ގެ ކަމަށެވެ. 

އޭގެ ފަހުން އަލީގެ އިންސްޓަ ސްޓޯރީގައި ވެސް އަލީ ވަނީ އޭނާ މީހަކާއި އިންނާނީ ކޮން ދުވަހަކުންތޯ ކުރެވޭ ސުވާލަށް ޖަވާބުދީފަ އެވެ. އެ ސުވާލުގެ ޖަވާބެެއްގެ ގޮތުގައި އިނީ "އިން އަ ފިއު ޑޭސް"(ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި) ކަމަށެވެ. 

އޭގެފަހުން އޭނާގެ ރަހުމަތްތެރިއެެއް ވެސް އެ ސްޓޯރީ ހިއްސާކޮށް ބުނެފައިވަނީ "ސޫން"(ވަރަށް އަވަހަށް) ކަމަށެވެ. 

އަލީގެ އިތުރުން ޖޭސްމީނަކީ ވެސް ޓީވީ ތަރިއެކެވެ. އެގޮތުން ޖޭސްމީން ވަނީ ދިލް ސޭ ދިލް ތަކް އަދި ނާގިން އަދި ދިލް ތޯ ހެޕީ ހޭ ޖީ އިން ފެނިގެންގޮސްފަ އެވެ. އަލީ ވަނީ ޔޭހޭ މޮހައްބަތޭން އާއި ދިލް ހީ ތޯ ހޭ އިން ވެސް ފެނިގެންގޮސްފަ އެވެ.

33%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް