ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އިއްޔެ އޮތް އެ ކޮލެޖްގެ ކުޅިވަރު ހަރަކާތްތަކެއްގައި ކްރިސްޓިއަން ދީނުގެ ލަވަ ޖަހާފައިވާތީ ވަރަށް ގިނަ ބަޔަކު ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މަދަނީ ޖަމިއްޔާތަކުން ވަނީ އެ މައްސަލަ ބެލުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.
އެކަމާއި ގުޅިގެން ކްލިކް ކޮލެޖުން ބުނީ އެފަދަ ލަވައެއް ޖެހުނީ އޮޅުމަކުން ކަމަށެވެ. އަދި އެކަން ސަމާލުކަމަށް އައުމާއެކު ހުއްޓާލި ކަމަށެވެ. އެކަމަށް މާފަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.
ޣަައިރު ދީންތަކުގެ ހަރަކާތްތައް ރާއްޖޭގައި އިތުރުވެ ފުޅާވަމުންދާއިރު އެކަންކަން ހުއްޓުވަން ސަރުކާރުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމުގެ ތުހުމަތު ބޮޑެވެ.
މިފަހަކަށް އައިސް ރާއްޖޭގެ މިސްކިތްތަކަށް ގެއްލުންދިނުމުގެ ގިނަ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. އަދި މީގެ ދުވަސްކޮޅެއްކުރިން މިސްކިތުގައި އެއްޗެހި ހިއްކަން އެޅުވި މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނަނީ މިފަދަ މައްސަލަތައް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ.