ads
ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ނޫސްވެރިން މިއަދު ވެލާނާ އެއާޕޯޓުގައި. ފޮޓޯ: ވިސިޓް މޯލްޑިވްސް
ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ޖަރުމަންވިލާތުގެ ޓީމެއް ރާއްޖޭގައި
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކުރުމަށް ޖަރުމަންވިލާތުގެ ނޫސްވެރިންގެ ޓީމެއް ހަރަކާތްތެރިވަމުން އެބަދެއެވެ.
Advertisement

މި ދަތުރު ކުރިއަށްދާނީ ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހުން 7 ވަނަ ދުވަހާ ހަމައަށެވެ. 

މިދަތުރުގައި ރާއްޖެ އައިސްފައިވަނީ ޓީމުގައި ޖަރުމަންވިލާތުގެ އާންމުންގެ މެދުގައި މަޤްބޫލް އޮންލައިން އަދި ޕްރިންޓް މަޖައްލާތަކާއި، ނޫސްތަކުގެ ލިޔުންތެރިން ހިމެނެއެވެ.

 މި ފެމިލިއަރައިޒޭޝަން ދަތުރުގައި ބައިވެރިވާ މީޑިއާ ޓީމް ތިބުމަށް ހަމަޖެހިފައިވަނީ ސާއި ލެގޫން މޯލްޑިވްސް އަދި ކޮންރެޑު މޯލްޑިވްސް ރަންގަލި އައިލެންޑް ރިޒޯޓުގައެވެ. މި ޓީމުން މި ރިސޯޓުތަކުގައި ލިބެން ހުންނަ ޙިދުމަތްތައް ތަޖުރިބާކުރާނެއެވެ. 

މި ދަތުރަށްފަހު މިއިން ކޮންމެ މަޖައްލާއެއްގައި ރާއްޖެއާ ބެހޭގޮތުން އާޓިކަލްތައް ޝާއިޢުކުރާނެއެވެ. މި އާޓިކަލްތައް ޖަރުމަނުވިލާތުގެ މަތީ ފަންތީގެ ފަތުރުވެރިންނާއި ބަޖެޓު ފަތުރުވެރިންނާ ހަމައަށް ފޯރާނެކަމަށް ބެލެވެއެވެ.

 އަދި މީގެ ސަބަބަބުން މި މާކެޓުގައި ދަތުރުފަތުރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރާނެކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

ޖަރުމަންވިލާތަކީ ރާއްޖޭގެ ޓޫރިޒަމްގެ ބޮޑު މާކެޓެކެވެ. ކޮވިޑް19 ގެ ފަހުން ރާއްޖޭގެ ބޯޑަރު ހުޅުވުމާއިއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށްބޮޑުތަން އިތުރުވެފައެވެ. 

ޓޫރިޒަމް މިނިސްޓްރީން ބުނީ ޝެޑިއުލް ފްލައިޓްތަކުން މި އަހަރުގެ މިހާތަނަށް 1.2 މިލިއަން މީހުން ވަނީ ރާއްޖެ ގެނެސްދީފަ އެވެ. މީގެ ބޮޑު ބަޔަކީ ޓޫރިސްޓުންނެވެ. އަދި ޝެޑިއުލްތަކުން ޖުމްލަ 18,286 ފްލައިޓް މޫވްމެންޓް ހަދާފައިވެ އެވެ. 

ރާއްޖޭގެ ޓޫރިޒަމްގެ މައި ސީޒަން ފެށިފައިވާއިރު މިހާރު ރާއްޖެއަށް 27 އެއާލައިނަކުން ދަނީ ދަތުރު ކުރަމުންނެވެ. މި މަހުގެ ނިޔަލަށް 1,162,425 މިލިއަން މީހުން ރާއްޖެ އައިސްފައިވެ އެވެ. މި އަހަރު ސަރުކާރުގެ ޓާގެޓަކީ 1.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ. ނަމަވެސް މަރުކަޒީ ބޭންކުގެ ދިރާސާއިން ދެއްކި ގޮތުގައި މި އަހަރުގެ ކޮވިޑުގެ އެންމެ ރަނގަޅު ހާލަތުގައި ވެސް އަންނާނީ 1.2 މިލިއަން މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް