ads
ހޮޅުދޫގައި ހިންގި އޮޕަރޭޝަންގައި ފުލުހުން ހޯދި މަސްތުވާތަކެތި..ފޮޓޯ/ފުލުހުން
މަސްތުވާތަކެތީގެ މައްސަލައެއްގައި 4 މީހަކު ހައްޔަރުކޮށްފި
ފުލުހުން ހިންހި ހާއްސަ އޮޕަރޭޝަން ތަކުގައި މަސްތުވާތަކެތި ހޯދައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން އޮޕަރޭޝަން ހިންގާފައިވަނީ ނ. މާޅެންދޫ އަދި އައްޑޫ ސިޓީގަ އެވެ. މާޅެންދޫ އޮޕަރޭޝަންގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރި އެވެ. އޭނާގެ ގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 22 ކަރުދާސްކޮޅާއި ހަތަރު ރަބަރު ޕެކެޓު ފެނުނު ކަމަށް ފުލުހުން ބުނެ އެވެ. 

އައްޑޫ ސިޓީ ހުޅުމީދުއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމުން ހިންގި އޮޕަރޭޝަނެއްގައި 55 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި އޭނާ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނުނު ކަމަށެވެ. 

އަދި މި މަހު އައްޑޫ ސިޓީގައި ޕެޓްރޯލް ކުރުމުގެ ތެރެއިން، ދެ މީހެއްގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނުނު ކަމަށް ފުލުހުން ބުނެ އެވެ. އެ މައްސަލައިގައި 54 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކު ހައްޔަރުކުރި ކަމަށެވެ. 

މިއެންމެންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުންވަނީ 15 ދުވަހުގެ މުއްދަތެއްދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް