ads
މީޑިއާނެޓްގެ ހާއްސަޕރޮމޯޝަން: ފޮޓޯ. މީޑިއާނެޓް
އެންމެންނަށް މީޑިއާނެޓް! ނަސީބުވެރިންނަށް ހުރީ އަގުހުރި އިނާމު!
"އެންމެނަށް މީޑިއާނެޓް" ގެ ނަމުގައި މީޑިއާ ނެޓުން ކުރިއަށް ގެންދާ ޕުރޮމޯޝަންގައި ބައިވެރިވެގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ކަމަށް މީޑިއާނެޓުން ބުނެފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން މީޑިއާނެޓްގެ ވޯންޓް އިޓް އޯލް ނުވަތަ ފުލް ޕެކޭޖަށް މަހުފީ ދެއްކެވުމަށްފަހު އެމްއެސް މީޑިއާނެޓް އެޕްއަށް ރަޖިސްޓްރީ ކޮށްލައިގެން ގުރުއަތުން ހޮވޭ ނަސީބުވެރި ދެ ފަރާތަކަށް އައިފޯން 13 ޕްރޯއެއް ލިބިގެންދާނެއެވެ.

އަދި ފެމިލީ ޕެކޭޖަށް ވުރެން މަތިން މަހުފީ ދެއްކެވުމަށްފަހު އެމްއެސް މީޑިއާނެޓް އެޕައަށް ރަޖިސްޓްރީ ކުރައްވައިގެން ގުރުއަތުން ހޮވޭ ނަސީބުވެރި ދެ ފަރާތަކަށް ކޮންމެ މަހަކު 55  އިންޗީގެ ޓީވީއެއް ލިބިގެންދާނެއެވެ.

މީޑިއާ ނެޓުން ބުނަނީ އަދި ނިމުނީކީ ނޫން ކަމަށެވެ.  ދެމަހަށް އެއްފަހަރާ މަހުފި ދައްކައިގެން ގުރުއަތުން ހޮވޭ ނަސީބުވެރި ދެ ފަރާތަކަށް ރިސޯޓު ދަތުރެއް ލިބޭގޮތަށް  ވެސް ވަނީ ހަމަޖެހިފައެވެ.  

މީޑިއާނެޓްގެ ބޭސިކް، ފެމިލީ، ޕްރިމިއަމް އަދި ވޯންޓް އިޓް އޯލް ޕެކޭޖް ނަންގަވައިފައިވާ ކަސްޓަމަރުން އެމްއެސް މީޑިއާނެޓް އެޕްއަށް ހިލޭ ރަޖިސްޓްރީ ކުރެވޭނެއެވެ. މި ޕުރޮމޯޝަންގެ މުއްދަތުގައި އެމްއެސް އެޕްއަށް ރަޖިސްޓަރ ކުރާ ހުރިހާ ބޭފުޅުންނަށް އެއް މަސް ދުވަހަށް ޗެނަލް ތަކާއި އެކު ވީ.އޯ.ޑީ ހިލޭ ލިބިގެންދާނެ ކަމަށް މީޑިއާ ނެޓުން ބުނެއެވެ.  އެމްއެސް ވީއޯޑީ މިހާރު ފޯން، ލެޕްޓޮޕް އަދި ޓެބްލެޓްގެ އިތުރުން އެމް.އެސް.ޓީވީ އަދި އެމްއެސް ލައިޓް ޓީވީ އެޕްލިކޭޝަން މެދުވެރިކޮށް އެންޑް ރޮއިޑް ޓީވީ، ސެމްސަންގް އަދި އެލްޖީ ޓީވީއިން ވެސް ބަލައިލެވޭނެއެވެ. 

ޕޮރޮމޯޝަން ކުރިއަށްދާނީ 10 ނޮވެމްބަރ 2021 ން  10 ޖެނުވަރީ 2022 ނިޔަލަށެވެ. މި ޕުރޮމޯޝަން އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3320800 ގުޅުއްވާލައްވާ ނުވަތަ ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް