ads
ބީއެމްއެލްގެ ހޯމްލޯންގެ އިންޓްރެސްޓް ރޭޓުވަނީ ކުޑަކޮށްފައި. ފޮޓޯ ބީއެމްއެލް
ދިވެހިންގެ ބޭންކުން ހޯމްލޯނުގެ އިންޓްރެސްޓް ކުޑަކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން ހޯމް ލޯންގެ ރޭޓް %9 އަށް ދަށްކޮށްފިއެވެ.

މިބަދަލާއިއެކު ކަސްޓަމަރުން އަލަށް އެދި ހުށަހަޅާ ލޯނާއި އެހެން މާލީ އިދާރާއަކުން ނަގާފައިވާ ލޯނެއް ރީފައިނޭންސްކުރުމަށް އެދި ހުށަހެޅުމުން މިހާރު ކަނޑައަޅާފައިވާ ކުޑަ ރޭޓުގައި ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ބީއެމްއެލް ހޯމް ލޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ރަށަކުންވެސް އެޕާރޓްމަންޓް ނުވަތަ ރޯހައުސް ގަނެވޭނެއެވެ. މި ލޯން އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. 

" މިވަގުތު ބޭންކު މިއޮތީ ލޯން ޕޯޓްފޯލިއޯގައި ހިމެނޭ ލޯނުތަކެއްގެ ރޭޓް ދަށްކުރެވޭނެ ހާލަތެއްގައި އުފަލާއެކު ފާހަގަކުރަން. ދިވޭހިރާއްޖޭގައި އެންމެ ކުޑަ އިންޓަރެސްޓް ރޭޓުގައި ބޭންކުން ހޯމް ލޯނު ދޫކުރަން ހަމަޖެހުމާއެކު ގެދޮރު ގަތުމަށް ބޭނުންވާ ކަސްޓަމަރުންނަށް މިކަމުގެ ސަބަބުން އެކަށީގެންވާ އަދަދެއްގެ ފައިސާ ފަހަށް ރައްކާކުރެވިގެންދާނެ. މިސާލަކަށް ދަންނަވާނަމަ، 3 މިލިއަން ރުފިޔާގެ ލޯނަކުން ގާތްގަނޑަކަށް 500،000 ރުފިޔާ ރައްކާކުރެވޭނެ. މީގެ އިތުރުން އަޅުގަނޑުމެން މިވަނީ ކިޔަވާ ލޯނުގެ ރޭޓް ދަށްކޮށް ލައިފް ސްޓައިލް ލޯނުގެ ޝަރުތުތަކަށްވެސް މިވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައި." ބޭންކްގެ ސީއީއޯ ވިދާޅުވިއެވެ. 

މި މަހުގެ އެކަކުން ފެށިގެން އަލަށް ކަނޑައެޅުނު ރޭޓްތަކަށް ދަނީ އަމަލުކުރަމުން ނެވެ. ބީއެމްއެލް އިސްލާމިކް އިން ޝަރީއާ ހަމަތަކުގެ މަތިން ދޫކުރާ ފައިނޭންސިން ޕްރޮޑަކްޓްތަކަށް ވެސް އެ ބަދަލުތައް ވަނީ ގެނެސްފަ އެވެ.

ކަސްޓަމަރުންނަށް ލޯނަށް އެދި ހުށަހެޅުމަށް ބޭންކުން ވަނީ ރަހުނަކާ ނުލާ ދޫކުރާ ހުރިހާ ޕާސަނަލް ލޯނުތަކަށް އިންޓާނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ހުށަހެޅޭގޮތް ހަމަޖައްސާފައެވެ. އެގޮތުން ވެހިކަލް ލޯނު، ލައިފްސްޓައިލް ލޯނު އަދި ގްރީން ލޯނަށްވެސް މިހާރު އޮންލައިންކޮށް އެދި ހުށަހެޅޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް