ads
ފިލްމީ ތަރި އާޝާ…
އާޝާގެ ޖެއްސި މަޅީގައި ޖެހި "ޝިކާރަ"ވާ މީހުން މަދެއް ނުވި!
މިިދިޔަ ސެޕްޓެމްބަރު ފިލްމީ ތަރި އައިމިނަތު ރަޝްފާ (އާޝާ) ގެ އުފަން ދުވަހު ފޭނުންނަށް ހަދިޔާ އަކަށް އޭނާ ޕްރޮޑިއުސްކޮށް ގެނެސްދިން "ޝިކާރަ" އަކީ ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ލަވަ އެކެވެ. އަދިވެސް އެ ލަވައިގެ ފޯރިގަނޑު އާންމުންގެ ތެރެއިން ނުކެނޑެއެވެ.
Advertisement

ޔޫޓިއުބަށް ލަވަ ދޫކޮށްލުމާއެކު އެތައް ހާސް ވިއުސް އެއް ލަވަ އަށް ލިބެން ފެށިއެވެ. އެގޮތުން ފަސް ދުވަސް ތެރޭގައި 46 ހާހަށް ވުރެ މީހުން އެ ލަވަ ބެލިއެވެ.

ޓިކްޓޮކުގައި ވެސް މި ލަވަ ވައިގައި ހިފާލި އިރު ގޭގޭ ސިޓިން ރޫމް ތަކުން ވެސް މިއަދާ ހަމައަށް ވެސް އެ ލަވަ އިވޭ ކަމީ ލަވަ އަށް އޮތް ތަރުހީބު ބޮޑުކަން ސާބިތު ކޮށްދޭ ކަމެވެ.

ލަވަ ރިލީޒްކުރިތާ އަދި ވީ ދެ މަސް ދުވަހެވެ. މިހާރު އެ ލަވަ އަށް ޔޫޓިއުބުން އެކަނި ވެސް ތިން ލައްކަ އަށް ވުރެ ގިނަ މީހުން ބަލާފައިވާކަން ފާހަގަ ކޮށްލެވެއެވެ. ބްރިޖް ހުރަސްކޮށް ހުޅުމާލެ ދާން އަރާ ޓެކްސީ ތަކުންނާއި މާލޭގެ އަދި އަތޮޅުތެރޭ ބައެއް ރަށްރަށުގައި ހުންނަ ރެސްޓޯރެންޓު ތަކުގައި ވެސް މި ލަވައިގެ އަޑު އަދިވެސް ގުގުމައެވެ.

ދިވެހި ލަވަތައް ޔޫޓިއުބަށް ދޫކޮށްލުމުން އެފަދަ ބޮޑު ތަރުހީބެއް ލިބެނީ ވަރަށް މަދު ލަވަ އަކަށެވެ. ލިބުނަސް އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެހާ ގިނަ ވިއުސް ލިބުން އެއީ ވަރަށް ނާދިރު ކަމެކެވެ.

ސީއެންއެމް އަށް ދިން އިންޓަވިއުއެއްގައި އާޝާ ބުނީ، ލަވަ އަށް ދެ މަސް ދުވަހުން އެ ލިބުނު ބޮޑު ކާމިޔާބީ އަށް ފަހުރުވެރިވާ ކަމަށާއި ބެލުންތެރިންނަށް ފުރިހަމަ މަސައްކަތެއް ގެނެސްދެވުނީތީ މިއަދު ވަރަށް ހިތް ހަމަޖެހޭ ކަމަށެވެ.

އެ ލަވައިން އާޝާ އާއެކު ފެނުނު އަހުމަދު އީސާ(އާނަންދު) ވެސް ބުނީ، އެ ލަވަ އަށް ފަހު އާންމުންގެ ސަޕޯޓް ހުއްޓުމެއް ނެތި ލިބެމުންދާ ކަމަށާއި ބެލުންތެރިންނަށް ލަވަ ކަމުދިޔައިތީ އެކަމާ އުފާވާ ކަމަށެވެ.

your imageއާޝާގެ އާ ލަވައިގެން މަންޒަރުތަކެއް…

އިންޓަވިއު ނިންމާލަމުން އާޝާ ދިނީ އަނެއްކާވެސް އުފާވެރި ހަބަރެކެވެ. ލަވަ ނިމުނު ގޮތުން އެ ލަވަ އާއި ގުޅިގެން ދެވަނަ ބައި ފެންނާނެ ކަމަށް ގިނަ ބަޔަކު ގަބޫކު ކުރިއެވެ. އާޝާ ބުނަނީ ލަވައިގެ ދެ ވަނަ ބައި އަންނަ އަހަރު އާންމުންނަށް ފެންނާނެ ކަމަށާއި ދެވަނަ ލަވައިން ވެސް ފެންނާނީ ހަމަ އެއް ބަޔަކު ނަމަވެސް ތަފާތު ޓްވިސްޓެއް ދައްކާލާނެ ކަމަށެވެ. 

27%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
45%
ވަރަށް ސަލާމް
ކޮމެންޓްސް