ads
ރައީސް ޔާމީން ޖަލްސާގައި ވާހަކަ ދައްކަވަނީ
ރައީސް ޔާމީން ބޭނުންފުޅުވަނީ ދިރިއުޅުމުގެ ހަރަދު، އޮފީސް ހިންގުމުގެ ހަރަދެއްނޫން
ރައީސް ޔާމީން ބޭނުންފުޅުވަނީ ޖަލު ހުކުމުގައި ހުންނެވި ދުވަސްވަރު ނުލިބިހުރި، ދިރިއުޅުއްވުމުގެ ހަރަދުގެ ގޮތުގައި ލިބޭ އިނާޔަތް އެކަނި ކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ވަކީލުންގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން 28 ނޮވެމްބަރު 2019 ވަނަ ދުވަހު ހުކުމް ކުރުމާއި ހަމައަށް އެމަނިކުފާނަށް އިޔާޔާތުގެ ގޮތުގައި މަހަކު ލިބެމުންއައީ، މާލީ ޢިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ ފަންސާސް ހާސް ރުފިޔާ އާއި، ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ލިބިވަޑައިގަންނަވާ ފަންސާސް ހާސް ރުފިޔާ އާއެކު، އެކުޖުމުލަ އެއްލައްކަ ރުފިޔާ ކަމަށެވެ.  

އެހެންކަމުން ރައީސް ޔާމީންގެ ފަރާތުން ބަންދުގައިހުރި 24 މަހަށް، ކޮންމެ މަހަކު އެއްލައްކަ ރުފިޔާގެ މަގުން 24 މަހުގެ ފައިސާ ހޯދުމަށް އެދިވަޑައިގެންފައި ވެއެވެ. 

ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީނަކީ އޮފީހެއް ހިންގަވާ ފަރާތަކަށް ނުވާތީ އޮފީސް ހިންގެވުމަށް ދައުލަތުންދޭ އެއްލައްކަ ހަތްދިހަފަސްހާސް ރުފިޔާ މިހާތަނަށް އެއްވެސް އިރެއްގައި ރައީސް ޔާމީން ނަންގަވާފައި ނުވާ ކަމަށް ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނެފައިވަނީ އެމަނިކުފާނަށް ޢިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަމުން ދިޔަ އެއްލައްކަ ރުފިޔާ ވަނީ، އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން 28 ނޮވެމްބަރ 2019 ވަނަ ދުވަހު ޙުކުމް ކުރި ދުވަހުން ފެށިގެން، 30 ނޮވެމްބަރު 2021 ވަނަ ދުވަހު ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލުކުރުމާ ހަމައަށް ހިނގައިދިޔަ 24 މަސް ދުވަހަށް ނުދީ ހިފަހައްޓާފައި ކަމަށެވެ. 

އެހެންކަމުން، އެމަނިކުފާނުގެ ފަރާތްޕުޅުން ހޯއްދެވުމަށް އެދިވަޑައިގެންފައިވަނީ، އެ މުއްދަތަށް އިނާޔަތުގެ ގޮތުގައި ލިބެން ޖެހޭ 2.4 މިލިއަން ރުފިޔާ އެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް