
ސީޒަން---ފޮޓޯ:ސޯޝަލް މީޑިއާ
ސީޒަންއާ ޗެޓްކުރާ ކުދިން ސަމާލުވޭ: އެކައުންޓްތައް ހުރީ ހެކް ކޮށްފައި
22 ޖެނުއަރީ 2020 - 11:49:30
ދިވެހި ފިލްމީ ތަރި އަލީ ސީޒަންގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހުރީ ހެކްކޮށްފައި ކަމަށް ސީޒަން ބުނެފިއެވެ.
ސީޒަން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށްފައިވާ ކަން ކަށަވަރުކޮށްދީފައިވާއިރު އޭނާ ބުނީ ފުރަތަމަ ހެކްކޮށްފައިވަނީ އެނާގެ ފޭސްބުކް އެކައުންޓު ކަމަށެވެ. އަދި އެއަށްފަހު އޭނާގެ ފޭސްބުކް ޕޭޖު ވެސް ހެކްކޮށްފައިވާ ކަމަށް ސީޒަން ވަނީ ބުނެފައެވެ.
އޭގެ ފަހުން އޭނާގެ ދެ ފިލްމު ކަމަށްވާ "އަހްޝަމް" އަދި "އަނދިރިކަން" ފިލްމުގެ ފޭސްބްކް ޕޭޖް ވެސް ހެކްކޮށްފައިވާ ކަމަށް ސީޒަން ވަނީ ބުނެފައެވެ.
ސީޒަން ވަނީ އެނާ މިހާރު ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުން ނުކުރާ ކަމަށް ބުނެފައެވެ. އަދި އޭނާގެ އެކައުންޓުތަކުން އޭނާ އަށް ވެގެން ވާހަކަ ދެއްކި ނަމަވެސް ޖަވާބު ނުދިނުމަށް ސީޒަން ވަނީ އެދިފައެވެ.
ސީޒަން އަކީ ގިނަ ދިވެހި ފިލްމު އަދި ލަވަތަކުން ފެނިގެންގޮސްފައިވާ ފަންނާނެކެވެ.
44%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް