ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރެފައިވާ ސާކިއުލާއަކާއި ގުޅިގެން އެތެރޭގެ ދަތުރުތަކުގައިރި ފްރެޝްމަންޓު ދިނުން ހުއްޓާލީ ކޮވިޑް ބަލިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ސިވލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ސާކިއުލާއަކާ ގުޅިގެންނެވެ.
އެ އޮތޯރިޓީން އަންގާފައިވަނީ އެތެރޭގެ އުދުހުންތައް އޮޕަރޭޓްކުރާ ލޯކަލް އެއަރލައިންތަކުން ފަސިންޖަރުންނަށް ބުއިންތައް އަދި ކެއުން ދިނުން މެދުކަނޑާލާށެވެ. އަދި އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ ފަސިންޖަރުން ކޮވިޑްގެ އަލާމާތެއް ހުރިތޯ ބެލުމަށާއި މާސްކު އެޅުމަށް އަންގާފައިވެއެވެ.
އެގޮތުން އެތެރޭގެ ދަތުރުތައް ކުރާ މޯލްޑިވިއަން އާއި ފްލައިމީ އަދި މަންތާ އެއާ އިން ވަނީ އެ އޮތޯރިޓީގެ ސާކިއުލާއާ އެއްގޮތަށް ބުއިންތައް ދިނުން ހުއްޓާލާފައެވެ.
މޯލްޑިވިއަން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއް ގަޑި އިރަށް ވުރެ ކުރު ދަތުރެއް އަތޮޅުތެރެއަށް ކުރާ ނަމަ އެއްވެސް ބުއިމެއް ނުދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.
ހުރިހާ އެއާލައިންތަކަކުން ވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސާކިއުލާއަށް އަމަލުކުރަން ފަށާފައިވާއިރު އެ ހުރިހާ އެއާލައިން އަކުން ވެސް ބުނަނީ ކޮވިޑުން ސަލާމަތްވެ ކުރިއެެކޭ އެއްގޮތަށް ކަސްޓަމަރުންނަށް ހިދުމަތްދިނުން އެއީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.