ފުލުހުން ބުނީ، ތާޖުއްދީން ސްޓާފްރޫމުން ވައްކަން ކުރި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:28 ހާއިރު ކަމަށެވެ.
އިތުރަށް ފުލުހުން ބުނީ، އެބަޔަކު ވަގަށް ނަގާފައިވަނީ އަތް ދަބަހަކާއި ހަތް ޓެބްލެޓް ކަމަށާއި ނަމަވެސް މިހާރު އެތަކެތި މިއަދު ވަނީ ހޯދާފައި ކަމަށެވެ.
ސްޓާފްރޫމުން ވައްކަން ކޮށް ވަގަށް ނެގި ތަކެތި ހޯދާފައިވަނީ މާލޭގެ ގެއެއްގައި ފޮރުވާފައިވަނިކޮށް ސީސީޓިވީ ފޫޓެޖެއްގެ އެހީގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.