ads
ފ. ދަރަނބޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު -- ފޮޓޯ: އެމްޓީސީސީ
ދަރަނބޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު: 88 އިންސައްތަ ނިމިއްޖެ
ފ. ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 88 އިންސައްތަ ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސޯސީ) އިން ބުނެފި އެވެ.

އަދި މީގެއިތުރުން ބަނދަރުގެ ބްރިޖް އެޅުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިމިފައި ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތުގެ 83 އިންސައްތަ ވެސް މިހާރު ވަނީ ނިމިފައެވެ.

your imageފ. ދަރަނބޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު -- ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން، 46,600 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 410 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 64 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2500 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

your imageފ. ދަރަނބޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު -- ފޮޓޯ: އެމްޓީސީސީ

ސަރުކާރާ އެމްޓީސީސީ އާއި ޖުޅިގެން ހިންގާ މި މަޝްރޫއަކީ 40.2 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް