ads
މަގުމައްޗަށް އަޅާފައިވާ ލިއުންތަޖެކެއް—— ފޮޓޯ: ސީއެންއެމް
މާލޭ މަގުތަކުގައިވެސް "އިންޑިއާ އައުޓް"!
އަވަހަށް އޮފީހަށް އަންނަންވެގެން ސައިކަލަށް އަރަންބަލައިލިއިރު ސައިކަލު ވަށައިގެންވެސް، އޮތީ "އިންޑިއާ އައުޓް" ޖަހާފައިވާ ގަނޑުތަކެކެވެ. އެމަގުގެ އެހެން ދިމާލަކަށް ބަލައިލިއިރުވެސް ތާނަ އަކުރުން އަދި އިނގިރޭސި ބަހުން ލިޔެ ޕްރިންޓްކޮށްފައިވާ ގަނޑުތަކެއް އެކި ތަންތަނަށް އަޅާފައި ހުއްޓާ ދުށީމެވެ.
Advertisement

އިނގިރޭސި ބަހުން އޮތް ގަނޑުތަކުގައި ޖަހާފައި އޮތީ " ބޮޑު އަކުރުން އިންޑިއާ އައުޓް" އެވެ. އޭގެ ތިރީގައި "މޯލްޑިވްސް ރެވޮލިއުޝަނަރީ މޫވްމެންޓް" ޖަހާފައިވެއެވެ. ތާނަ އަކުރުން ލިޔެފައިވާ ގަނޑުތަކުގައި "އިންޑިއާ އައުޓް" ބޮޑުކޮށް އަދި ތިރީގައި "ދިވެހިންގެ އިންގިލާބީ ހަރަކާތް" ޖަހާފައިވެއެވެ. 

ބެލެވޭ ގޮތުގައި މިއީ އިދިކޮޅުން ކުރިއަށްދާ ކެމްޕެއިންގެ ތެރެއިން ރޭގެ ދަންވަރުގެ ވަގުތެއްގައި މާލޭގެ މަގުތަކަށް އަޅާފައިވާ ގަނޑުތަކެކެވެ.

your imageމަގުމައްޗަށް އަޅާފައިވާ އިންޑިއާ އައުޓް ގަނޑުތަކެއްް——

މިކަން މިގޮތަށް ހިނގާފައި މިވަނީ އިންޑިއާ އައުޓް ޕެޓިޝަންގައި ސޮއި ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން ދާދި އަވަހަށް އަތޮޅުތެރެއަށް ވަޑައިގަންނަވާނެކަން ޕީޕީއެމުން ރޭ އިއުލާންކޮށްފައި ވަނިކޮށެވެ. 

އަދި މިއަދު އިދިކޮޅު ކޯލިޝަނުގެ އިވެންޓްސް ޑިޕާޓުމެންޓުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް އޮންނާނެކަންވެސް މިހާރު ވަނީ އިއުލާންކޮށްފައެވެ. 

ރައީސް ޔާމީން ޖަލުން މިނިވަންވުމާއި އެކު އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަން ގަސްތުކުރާ ކަމެއްގެ ގޮތުގައި އިއުލާންކޮށްފައިވަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ކުރަމުން އަންނަ މަސައްކަތެވެ. 

އެމްއެމްޕީއާރްސީ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދަނިކޮށް، ދެ އަހަރު ފަހުން މިނިވަންވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ އައުޓުގެ ނަމުގައި ހިންގާ ހަރަކާތަކީ އިދިކޮޅުގެ ވަރަށް މަދު ބަޔަކު ކުރާ ކަމެއް ކަމަށް ބުނެ ވާހަކަތައް ދެކެވެމުންދާކަމަށެވެ. ނަމަވެސް އެ ދުވަހުގެ ޖަލްސާގައި ރައީސް ޔާމީން ވަނީ އެއީ އިދިކޮޅުގެ މަދު ބަޔަކު އިސްވެ އޮވެ ކުރާ ކަމެއް ނޫންކަމާއި އެމަސައްކަތަކީ ހުދު އެމަނިކުފާނު އިސްވެ ހުރެ ހިންގަވާ އަދި ކުރިއަށް އޮތްތާގައި ހިންގަވާނެ ހަރަކާތެއްކަން ރަސްމީކޮށް އިއުލާންކުރައްވާފައެވެ. 

ރައީސް ޔާމީން ވިދާޅުވީ އަވަޓެރި ރަހްމަތްތެރި ބައެއްގެ ގޮތުން އިންޑިއާއަށް އިހްތިރާމް ކުރައްވާ ކަމަށާއި، އެކަމަކު ރާއްޖޭގެ އަމަން ބަލަހައްޓަން މިތާނގައި އިންޑިއާ ސިފައިން ތިބެން ނުޖެހޭނެކަމަށެވެ. އެވާހަކަފުޅު ދައްކަވައިގެން އަނެއްކާވެސް ޖަލަށް ގެންދަވާނަަމަ ގެންދަވަންވީ ކަމަށް ވިދާޅުވެ، ޔާމީން ވިދާޅުވީ އިންޑިއާ މިލިޓަރީގެ އެންމެ މީހަކުވެސް އަދި އެންމެ ބޫޓު ޖޯޑެއްވެސް މިފަސްގަނޑުގައި ހުންނަން ބޭނުންފުޅުނުވާ ކަމަށެވެ.

މި ސަރުކާރުން އިންޑިއާ ސިފައިންގެ މައްޗަށް ގައުމު ހަވާލުކޮށްފައިވާކަމަށް ދޭހަވާ މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން އެދުވަހު ވިދާޅުވީ، މި ގައުމުގައި މިހާރު ނިދަންދާންޖެހެނީ އަމަނުގެ ދެ ތަޅުދަނޑި އިންޑިއާގެ ސިފައިންނާއި ހާވާލުކޮށްފައި ކަމަށެވެ.

އެގޮތުން ރާއްޖޭގައި އަމަނެއް ނޯންނާނެކަން ފާހަގަކުރަމުން ރައީސް ޔާމީން ވިދާޅުވީ، އެފަދަ "ޑައިކޮޓަމީއެއް"، އަދި ދެފުއްދެގޮތްކަމެއް އެއްވެސް ގައުމެއްގެ ވެރިކަމެއްގައި ނޯންނާނެ ކަމަށާއި، ވެރިކަން މުސްތަގިލުގޮތުގައި ނުކުރެވޭނަމަ ވެރިކަމުން ފައިބާންވީ ކަމަށެވެ.

އިންޑިއާ މިލިޓަރީ ނަމުގައި ހިންގާ ހަރަކާތް ފުޅާވެ، ބޭރު ދުނިޔޭގެ ސަމާލުކަމަށްވެސް ދަނީ އަންނަމުންނެވެ. ގިނަ އަދަދެއްގެ ޓްއަރިސްޓުންނާއި އިންޑިއާގެ މަސައްކަތްތެރިންވެސް ރާއްޖޭގައި އުޅޭއިރު އެމީހުންނަށް ސީދާ އެގޭފަދަ ފާޅުކަން ބޮޑުކޮށް ހިންގާ މިފަދަ ހަރަކާތްތަކުގެ ސަބަބުން ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށް މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން ދެކިވަޑައިގަންނަވައެވެ. 

241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމްވެސް "ސީއެންއެމް"އަށް ވިދާޅުވީ ރާއްޖޭގެ ސިޔާސަތައް ގެއްލުންވާފަދަ ކަންތައްތަކެއް އިންޑިއާއިން ކުރާކަމަށް ބުނެ އިދިކޮޅުން ކުރަމުންދާ މަސައްކަތަކީ ފާޅުގައި ސަރުކާރަށް ޖައްސާލައިގެން އިންޑިއާ މެދުވެރިއަކަށް ލަައިގެން ހިންގާ ކަންކަން ކަމަށެވެ.

އަދި އެފަދަ ކަންކަމުން ރާއްޖެއަށް ފައިދާއެެއް ނުލިބި ކުރާނީ ދިގުދެމިގެންވާ ގެެެއްލުމެއްްކަމަށާއި، އިންޑިއާފަދަ ބޮޑު އިގްސޯދެއް އޮންނަ ތަނަކާއި ޖައްސާލައިގެން ކުރާކަންކަމަކީ އޭގެ ނަތީޖާ ފަހުން ވަރަށް ހިތިވެދާނެ ކަމެެއް ކަން އަސްލަމް ފާހަގަކުރެއްވިއެވެ.

ސަބަބަކަށް އަސްލަމް ފާހަގަކުރެެއްވީ ރާއްޖެއަށް ޒަމާނުންސުރެ ލިބެމުންދާ ހިލޭ އެހީތަކާއި، އެހީތެރިކަން މެދުކެނޑުމާއި، ބޮޑެތި މަޝްރޫއުތައް ހުއްޓިގެންދިއުމެވެ.

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް