ads
ގއ. ކޮނޑޭ--
ޓީޗަރު ހަދަން ހަވާލުކުރީ ކްރިސްމަސް ޓްރީއެއް ނޫން: އެޑިއުކޭޝަން މިނިސްޓްރީ
ކޮނޑޭސްކޫލުގެ ބިދޭސީ ޓީޗަރު ދަރިވަރުންނަށް ހަދަން ހަވާލުކުރީ ކްރިސްމަސްޓްރީ އެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން  މިނިސްޓްރީގެ ޕާމެނެންޓް ސެކެޓްރީ އަހްމަދު އަލީ، ސީ އެން އެން އަށް ވިދާޅުވީ ކޮނޑޭ ސްކޫލްގެ  އިންޑިއާ އަށް ނިސްބަތްވާ ބިދޭސީ ޓީޗަރަކު ދަރިވަރުންން ލައްވާ ހަދާފައިވަނީ،  ކްރިސްޓް މަސް ގަހެއް ނޫންކަމަށާއި، ޕައިންޓްރީ އެއްކަމަށް ކަމަށެވެ. 

އެ ސްކޫލްގެ ގްރޭޑް ފަހެއް އަދި ހަތަރެއްގެ ދަރިވަރުން ނަށް ކްލާސް ގަޑީގައި، ހަދަން ދީފައި ވަނީ ކްރިސްމަސް ގަހެއްކަމަށް ބައެއް ބެލެނެވެރިން ވަނީ ބުނެފައެވެ. 

އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލުން ދަރިވަރުންނާ ހަދަން ހަވާލު ކުރީ ބެންޔަން ޓްރީއެއް ކަމަށާއި އެހެންނަމަވެސް ދަރިވަރަކު އެގޮތަށް ގަސް ހަދާފައިވަނީ ކަމަށެވެ. 

ގއ. ކޮނޑޭ ސްކޫލްގެ ބިދޭސީ ތީޗަރަކު އެ ސްކޫލްގެ ގުރޭޑް ފަހެއް އަދި ހަތަރެއްގެ ދަރިވަރުންނަށް ކްރިއޭޓިވް އާޓް ގަޑީގައި، ނަރަކަވެރި ފޮތާއި ދުރުވެ، ސުވަރުގެވަންތަ ފޮތާއި ގާތްވުމަށް ބުނެ، އިސްލާމް ފޮތެއް ބިންމައްޗަށް އެއްލާލައި، ކްރިސްމަސް ގަސް ހަދަންވެސް ވަނީ ދަސްކޮށްދީފައެވެ. 

އެފަދަކަމެއް ހިގައިގެން އުޅޭކަމުގައި އެރަށު ސްކޫލްގެ ބެލެނެވެރިން ވަނީ ސީ އެން އެމް އަށް ކަށަވަރު ކޮށްދީފައެވެ. އެދި އެއަމަލު ހިންގި ޓީޗަރަކީ އެސުކޫލްގައި ގިނަދުވަހު އުޅެފައިވާ ގީތާ ނަމަކަށް ކިޔާ އިންޑިއާ ޓީޗަރެކެވެ.

މިކަމާއި ގުޅިގެން ކޮނޑޭ ސްކޫލް ހިންގުމާއި ހަވާލުވެ ހުންނެވި، ކިނާނަތު ގާސިމް އަށް ގުޅާލުމުން  ވިދާޅުވީ ކޮންމެ ކަމަކަށްވެސް މީޑިއާތަކަށް މައުލޫމާތުދިނުން އޮންނަށް އިރު، މިކަމަަށް އެންމެ ފުރިހަމައަށް މައުލޫމާތު ދެވޭނީ އެޑިއުކޭޝަން މިނިސްޓްރީން ކަމުގައެވެ. އަދި  އެފަދަ ކަމެއް ހިގައިގެން އުޅޭ ކަމެއްވެސް އަދި ނޫން ކަމެއްވެސް، އޭނާ ވިދާޅެއް ނުވެއެވެ.

ނަމަވެސް ބެލެނެވެރިން ދަނީ މިކަމާއި ގުޅިގެން ނުރުހުން ފާޅުކޮށް އަޑުއުފުލަމުންނެވެ. 

ނަން ހާމަ ކުރަން ބޭނުން ނުވާ ބެލެނެވެރިއަކު މައުލޫމާތުދެއްވަމުން ބުނީ ދަރިފުޅު ފިލާވަޅު ހަދާ މޭޒުމަތީގައި ކަރުދާހުން ހަދާފައިހުރި އެއްޗެއް ފެނިގެން އެއީ ކޯއްޗެއްތޯ ސުވާލުކުރުމުން މިއީ ކްލާސް ގަޑީގައި މިސް ހަދަން ބުނި އެއްޗެއް ކަމަށް ކުއްޖާ ބުނިކަމަށެވެ.  

"ކޮބާ ލެސަން ޕްލޭން، ބަލާލާނެ އިންޗާޖަކުވެސް ނެތީތޯ! 35 މިނެޓް ގަޑިއަކަށް ޓީޗަރަކު ދާއިރު، ލެސަންޕްލެއިން ބަލާނެ އިންޗާޖެއްވެސް ނެތް. މިއީ މުސްލިމް ގައުމެއްގައި ބިދޭސީ ޓީޗަރުން ކުރަމުން މިއަދު  އާއްމުވަމުން ދާ ކަންތައް." ބެލެނެވެރިއާ ނުރުހުން ފާޅުކުރަމުން ބުންޏެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ކުރިން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް