ads
ހިންތަގެ މަންޒަރެއްގައި އައްޒަ އަދި ސިމްބާ..
"މަޒްލޫމް"ގެ ފަހުބައި: ކުޅަދާނަ ތަރިންނާއެކު "ހިންތަ"!
އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ގެނެސްދޭ "މަޒްލޫމް" ގެ ހަތަރު ވަނަ ޗެޕްޓަރު "ހިންތަ" ގެ ޓީޒާ ޓްރެއިލާ އާންމުކޮށްފިއެވެ.

މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރު ބޮޑު ކާމިޔާބެއް ހޯދި "ބަވަތި" ގެ ޑައިރެކްޓަރު އިއްލެ ގެނެސްދޭ "ހިންތަ" ގައި ވެސް ދައްކުވައި ދޭނީ އިޖުތިމާއީ ބޮޑު މައްސަލަ އެކެވެ.

"ހިންތަ" ޓީޒާ އިން ފެންނަ މަންޒަރުން މިފަހަރުގެ ޗެޕްޓަރަށް ބެލުންތެެރިން ކުރާ އިންތިޒާރު ބޮޑު ކޮށްދެއެވެ. 

ފައިނަލް ޗެޕްޓަރު "ހިންތަ" އިން ފެނިގެންދާނީ މަރިޔަމް އައްޒަ އާއި ރަވީ ފާރޫގު އަދި އައިޝާގެ އިތުރުން ސިމްބާ އާއި ލަހޫ އާއި ދޮނާ އެވެ. މީގެ އިތުރުން އެހެން ތަރިންގެ އެކްޓިން ވެސް މީގެން ފެންނާނެއެވެ.

"ހިންތަ" ރިލީޒް ކުރާނެ ތާރީހު އަދި އިއުލާނުކޮށްފައި ނުވި ނަމަވެސް މި ޗެޕްޓަރު ވެސް ސްޓްރީމް ކުރާނީ ބައިސްކޯފުންނެވެ.

"މަޒްލޫމް" ފުރަތަމަ ބައިގެ ގޮތުގައި ގެނެސްދިން އިރު ދެވަނަ ބައިގެ ގޮތުގައި ގެނެސްދިން "ޒައްރޫކު" އާއި ތިން ވަނަ ބައި "މިންޖު" ވެސް ވަނީ ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް