ads
ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އޮބްޒާވަރުންނާއި މަންދޫބުންނާއި މޮނީޓަރުންނަށް ވޯޓުލާ މަރުކަޒަށް ޓެބްލެޓާއި އައިޕެޑް ވެއްދޭގޮތް ހަދައިފި
އިންތިހާބުތަކުގައި އޮބްޒާވަރުންނާއި މަންދޫބުންނާއި މޮނީޓަރުންނަށް ވޯޓުލާ މަރުކަޒުތަކުގައި ޓެބްލެޓާއި އައިޕެޑް ގެންގުޅެވޭނެކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާދޭ ކޮމިޓީގެ ހަތްވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ނައިބުރައީސް އަހުމަދު އަކްރަމް ވިދާޅުވީ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮބްޒާވަރުންނާއި މަންދޫބުންނާއި މޮނީޓަރުންނަށް ވޯޓުލާ މީހުންގެ ލިސްޓް ގެންގުޅެންޖެހޭތީ އެކަމުގެ އުނދަގޫތަކެއް ހުރިކަން ފާހަގަކުރެވިފައި ވާކަމަށެވެ. 

"އަބަދުވެސް ސިޔާސީ ޕާޓީތަކުން ޖައްސާ މައްސަލައެއް ވަރަށް ބޮޑު ބޯ ލިސްޓެއް ހިފައިގެން ވޯޓުލާ މަރުކަޒަށް ވަންނަން ޖެހޭ ވާހަކަ. މީހާގެ ނަން ގޮވީމަ އެމީހާ ހޯދާ ނިމެންވާއިރަށް އަނެއްމީހާ އައިސްފަ ވޯޓުލާފަ އެބަދެއޭ. ޓިކް ކުރަން އުނދަގޫ ތަކެއްވާ ވާހަކަ." އަކްރަމް ވިދާޅުވި އެވެ. 

އަކްރަމް ވިދާޅުވީ އެ ޝަކުވާތަކަށް ބެލުމަށްފަހު ކޮމިޝަންގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ނިންމާފައިވަނީ، ވޯޓުލާ މަރުކަޒުގައި އޮބްޒާވަރުންނާއި މަންދޫބުންނާއި މޮނީޓަރުންނަށް ކަރުދާސް ލިސްޓް ގެންގުޅުމުގެ ބަދަލުގައި ޓެބްލެޓާއި އައިޕެޑް ވައްދައިގެން ލިސްޓް ޗެކްކުރެވޭނެ ކަމަށެވެ. އަދި މިކަމަކީ އިންތިހާބު ހާމަކަން ބޮޑު ގޮތެއްގައި ގެންދިއުމަށް ކުރިއަށް އެޅޭނެ ފިޔަވަޅެއްކަމަށް ދެކޭކަމަށް އަކްރަމް ވިދާޅުވި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް