ads
ޑެޕިއުޓީ މޭޔަރު ނަރީޝް(ވ)ގައި މޭޔަރު ޑރ. މުއިއްޒު އަރިހުގައި--
ސިޓީ ކައުންސިލުން ހުޅުމާލެއަށް ދޫކޮށްފައިވާ ރަޖިސްޓްރީ ބާތިލްކޮށްފި
ހުޅުމާޅޭގެ ފުރަތަމަ ފޭސް 1 އާއި ފޭސް 2 އަށް ސިޓީ ކައުންސިލުން ދޫކޮށްފައިވާ ރަޖިސްޓްރީ ބާތިލްކޮށްފިއެވެ.

މާލޭ ސިޓީކައުންސިލުގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި ރަޖިސްޓްރީ ބާތިލް ކުރަން ހުށަހެޅީ ޑެޕިއުޓީ މޭޔަރު ނަރީޝް އެވެ. 

ސިޓީ ކައުންސިލަށް މައްސަލަ ހުށައަޅަމުން ނަރީޝް ވިދާޅުވީ ހުޅުމާލެއަކީ ސިޓީ ކައުންސިލުގެ އިހްތިސާސް ތެރޭގައި ހިމެނޭ ތަނެއް ކަމަށެވެ. އަދި އެތަން ސިޓީ ކައުންސިލާ ހަވާލުކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އަންގަވާފައިވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް އެއްވެސް ޖަވާބެއް މިހާތަނަށް ކައުންސިލަށް ލިބިފައި ނުވާކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންތައްތައް ނުވެގެން ތަކުރާރު ކޮށް ސިޓީ ކައުންސިލަށް ޝަކުވާ ލިބެމުން އަންނަކަމަށެވެ. 

"އިދާރީ ދާއިރާތަށް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނުގެ ދަށުން އަޅުގަނޑުމެންގެ އިހްތިސާސް ތެރޭގައި ހިމެނޭ ތަނެއް ހުޅުމާލެއަކީ. އެހެންކަމުން އެތަން ސިޓީ ކައުންސިލާ ހަވާލުކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ދެންނެވިއްޖެ. އެހެން ނަމަވެސް އެކަމަށް އީޖާބީ ޖަވާބެއް މިހާތަނަށް ވެސް ލިބިފައި ނުވޭ. އަދި ކައުންސިލަށް ތަކުރާރުކޮށް ރައްޔިތުންގެ ޝަކުވާ ލިބެމުންދަނީ. އަދި ރައްޔިތުން ބޭނުންވާ ކަމެއް ކުރުމުގެ ފުރުސަތު ނުލިބޭތީ މި ކައުންސިލުން ހަދާދީފައިވާ ރަޖިސްޓްރީ ބާތިލް ކުރުމަށް ހުށަހަޅަން،" ނަރީޝް ވިދާޅުވިއެވެ. 

މި މައްސަލައަށް ބަހުސްކޮށް ނިންމުމަށް ފަހު ކައުންސިލުގެ އިއްތިފާގުން ވަނީ ހުޅުމާލެއަށް ހަދާދީފައިވާ ރަޖިސްޓްރީ ބާތިލްކޮށްފައެވެ. އަދި ރަޖިސްޓްރީ ބާތިލް ކުރިކަން ދައުލަތުގެ މުއައްސަސާތަކަށް އެންގުމަށާއި ލާމަރުކަޒީ ގާނޫނާއި އެއްގޮތަށް އަމަލު ކުރުމަށް އެ މުއައްސަސާތަކަށް އެންގުމަށް ވަނީ ނިންމާފައެވެ. 

ސިޓީ ކައުންސިލުން މިގޮތަށް ނިންމި އިރު އިދިކޮޅުން ބޭއްވުމަށް ރާވަމުންދާ ހަރަކާތަކީ އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުއްދަ ނަގައިގެން ބޭއްވުމަށް ރާވަމުންދާ ހަރަކާތެއް ނޫން ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފަ އެވެ. ފުލުހުންގެ އިދާރާގައި އެޗްޑީސީން އެދިފައިވަނީ، އެ ކޯޕަރޭޝަންގެ ހުއްދަ ނުހޯދައި ހަރަކާތް ބާއްވާ ނަމަ އެކަން ހުއްޓުވައިދިނުމަށެވެ. ނަމަވެސް ހަރަކާތް ބޭއްވުމަށް އެޗްޑީސީގެ ހުއްދައަށް ޕްރޮގްރެސިވް ކޯލިޝަނުން އެދެފިނަމަ އެ ހުއްދަ ދޭނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް