ބާޖު ފަރަށް އެރުމާއި ގުޅިގެން ފަރަށް ލިބުނު ގެއްލުން ބަލާ ދިރާސާ ކުރުމަށް ފަހު މިއަދު އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން އެ ފަރުގެ މާހައުލަށް ލިބިފައިވާ ގެއްލުން ދިރާސާކޮށް 61،681،316 ( ފަސްދޮޅަސް އެއްމިލިއަން ހަލައްކަ އަށްޑިހަ އެއްހާސް ތިންސަތޭކަ ސޯޅަ ) ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އަދި މިޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދައްކަން ވާނެކަމަށެވެ.
މި ބާޖު ފަރަށް އަރާފައިވަނީ 2019 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
މީގެ ދުވަސްކޮޅެއް ކުރިން ރަސްފަރި ފަރަށްވެސް ވަނީ ބޯޓެއް އުރިފައެވެ. އެބޯޓުގެ ޖޫރިމަނާގެ ބައެއް ވަނީ އެމްއެމްއޭ ދައްކާފައެވެ.