ads
އައިޖީއެމްއެޖް---
މިހާތަނަށް ހިމަބިއްސަށް 3100 އަށް ވުރެ ގިނަ މީހުން ވެކްސިން ޖަހައިފި
މިހާތަނަށް ހިމަބިއްސަށް 3184 އަށް މީހުން ވެކްސިން ޖަހާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު މީސަލްސް އައުޓްބުރޭކްގެ ހާލަތާއި މަސައްކަތްތުގެ ހުލާސާ ހާމަކޮށްފައިވާއިރު މިހާތަނަށް 3189 މީހުން ވެކްސިން ޖަހާފައިވާ ކަމަށް އެރިޕޯޓުން ދައްކައެވެ. 

އެގޮތުން އެންމެ ގިނަ އާންމުން ވެކްސިން ޖަހާފައިވަނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. އެއީ 895 މީހުންނެވެ. ދަމަނަވެށިން 487 މީހުން ވެކްސިން ޖަހާފައިވާއިރު އޭޑީކޭއިން 74 އާންމުން ވަނީ ވެކްސިން ޖަހާފައެވެ. 

މިހާތަނަށް 79 މީހުން ހިމަބިއްސަށް ޓެސްޓުކޮށްފައިވާ ޕްސިޓިވް ވެފައިވަނީ ހަތަރު މީހުން ކަމަށް ވެސް ރިޕޯޓުން ވަނީ ދައްކާފައެވެ.

ރާއްޖެއިން ހިމަބި ނައްތާލާފައިވާތީ އެކަމުގެ ރަސްމީ ލިޔުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ. ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅީ 2009 ވަނަ އަހަރުން ފެށިގެން ހިމަބިހި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިފައި ނުވާތީ އެވެ.

ނަމަވެސް ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް ސަރުކާރުން މިމަހު 13 ވަނަ ދުވަހު ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

ހިމަބިއްސަކީ އެންމެ ފަސޭހައިން ގަޔަންގަޔަށް އަރާ އެއް ބައްޔެވެ. މި ބަލި ޖެހެނީ ނޭވާލާ ނިޒާމުގެ ތެރެއިންނެވެ. މަބިހި ޖެހެނީ "މީސަލްސް ވައިރަސް" ގެ ސަބަބުންނެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް