ads
ޓީޖެޓީ
ސިޓީ ކައުންސިލުގެ ނިންމުން! ޓީޖެޓީ އަތުލާނެކަމުގެ އިންޒާރު!
ޓީ ޖެޓީ ހަވާލުކުރަންދިން މުއްދަތުގައި އެކަން ނުކޮށްފިނަމަ އެތަން ސިޓީ ކައުންސިލަށް ނަގާނެ ކަމުގެ އިންޒާރު މާލޭ ސިޓީ ކައުންސިލުން ދީފިއެވެ.

މިއަދު މާލޭ ސިޓީ ކައުންސިލްގައި ކުރިއަށްދިޔަ އެކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 30 ވަނަ ޖަލްސާގައި މެމްބަރުންގެ އިއްތިފާގުން ނިންމާފައިވަނީ ޓީޖެޓީ އެމްޕީއެލްގެ ބެލުމުގެ ދަށުން ނަގައި އެތަން ހިންގުން ސިޓީ ކައުންސިލަށް ބަދަލުކުރުމަށެވެ. 

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު، ނަރީޝް ސީއެންއެމަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނާއި އެއްގޮތަށް މާލޭގެ އިހްތިސާސް ތެރޭގައި ހިމެނޭ ޓީޖެޓީ ބެލެހެއްޓެން ވާނީ ސިޓީ ކައުންސިލަށް ކަމަށެވެ. އެއީ އެމްޕީއެލުން ހިންގަން ޖެހޭތަނެއް ނޫން ކަމަށެވެ. 

" ޓީޖެޓީ އާއި އެ ސަރަހައްދަކީ ސިޓީ ކައުންސިލުގެ އިހްތިސާސް ތެރޭގައި ހިމެނޭ ތަންތަން. އެތަންތަން އެހެންބަޔަކު ބެލެހެއްޓުން އެއި ވެގެން ވާނެކަމެއް ނޫން. މުއްދަތުގައި އެތަން ސިޓީ ކައުންސިލާއި ހަވާލުނުކޮށްފި ނަމަ ކޯޓަށް ގޮސްގެންވެސް އެތަން ނަގާނެ.” ނަރީޝް ވިދާޅުވިއެވެ. 

އަދި ކައުންސިލުގެ އިހްތިސާސް ކަނޑައެޅުމަށް ސަރުކާރުގެ މުވައްސަސާތަކަށް އެކިފަހަރު މަތިން މަސައްކަތް ކޮށް ލިޔެކިޔުންތައް ފޮނުވިއްޖެ ކަމަށާއި، އެއްވެސް ތަނަކުން އެކަމަށް އެއްބާރުލުން ނުލިބޭ ކަމަށެވެ. 

" ޕްލޭނިން މިނިސްޓްރީން އެމްޕީއެލްއަށް ޓީ ޖެޓީ ދިނީ ތިން އަހަރަށް، އެ މުއްދަތު ހަމަވެއްޖެ މިހާރު. އެހެންވީމަ މިހާރު އެއީ ސިޓީ ކައުންސިލްގެ ތަނެއް. މިތަން ނަގަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން." ނަރީޝް ވިދާޅުވިއެވެ. 

މިގޮތަށް ސިޓީ ކައުންސިލުން ނިންމި އިރު މިއަދުގެ ވަގުތެއްގައި ވަނީ ހުޅުމާޅެއަށް ސިޓީ ކައުންސިލުން ދޫކޮށްފައިވާ ރަޖިސްޓްރީ ބާތިލް ކޮށްފައެވެ. ސިޓީ ކައުންސިލާއި އެޗްޑީސީން މިކަމުގައި ދެފަރާތުގެ ބޮޑު ކޯޅުމެއް ވަނީ އުފެދިފައެވެ. 

71%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް